ގަލޮޅު ގެއެއްގައި މަރުވެ ގިނަ ދުވަސްވެފައި، އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖއެވެ.
ފުލުހުން ވިދާޅުވީ ގަލޮޅު ގެއަކުން ކުނިވަސްދުވާތީ ބެލިއިރު މަރުވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށެވެ. މަރުވެފައި އޮތްވާ ފެނިފައިވަނީ ޢުމުރުން 27 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 2:33 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ސީން ޕްރޮސެސް ކޮށް ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.