ޚަބަރު

ވާރކް ވިސާ ނެތް އަދި ކާފިއު ވަގުތު ހުއްދަ ނެތި އުޅޭ ބިދޭސީން ޑީޕޯޓްކޮށްލަނީ


ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފައްޓަވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްޕީއެލްގެ ބައިވެރިވުމާއެކު ހިންގާ މިޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރިޔަށްދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވައެވެ.
އިމިގްރޭޝަނުން ވިދާޅުވީ ވާކް ވިސާ ނެތި އަދި ކޯވިޑް-19އާއި ގުޅިގެން ކަނޑަޅާފައިވާ ކާފިއު ވަގުތުގައި ޤަވާއިދާ ޚިލާފަށް މަގުމަތީގައި އުޅޭ ފަރާތްތައް ހިފަހައްޓާ ހުޅުމާލެ ފޭސް-2 ގައި ޤާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިޕްރޮގްރާމް ކުރިއަށްދާއިރު ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ފުލުހުން ހިފަހައްޓާ އިމިގްރޭޝަނަށް ހަވާލުކުރުމުން އެމީހުން ޑިޓެންޝަން ސެންޓަރަށް ގެންދިއުމުގެ ޚިދުމަތް ފޯރުވައިދެނީ އެމްޕީއެލްއިން ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ.

އަދި ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން ޑިޓެންޝަނަށް ގެންދިޔުމަށްފަހު އެފަރާތްތައް ޑީޕޯޓުކޮށްލުމުގެ މަސައްކަތް އެއޮންނަ އެސޫލުން ކުރިޔަށް ދާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.