ޚަބަރު

ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑް ބަލީގައި އިތުރު ދިއްވެއްސަކު ނިޔާވެ، މިބަލީގައި މިހާތަނަށް ނިޔާވި މީހުންގެ އަދަދު 157 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ހެނދު 5:35 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 86 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 157 ވަނަ މީހާއެވެ. މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު ވަނީ 85 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން މިހާތަނަށް 155 މީހުން ނިޔާވެފައިވާއިރު، މިއަހަރުގެ މިހާތަނަށް 118 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ދަންނަވާފައެވެ.