ޚަބަރު

ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ؛ ޖުމްލަ މަރު 156އަށް


ކޯވިޑް ބަލީގައި އިތުރު ދިއްވެއްސަކު ނިޔާވެ، މިބަލީގައި މިހާތަނަށް ނިޔާވި މީހުންގެ އަދަދު 156 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ރޭ 11:38 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 84 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 156 ވަނަ މީހާއެވެ.

މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު ވަނީ 84 އަށް މިހާރު ވަނީ އަރާފައެވެ. އަދި މިމަހުގެ މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. ކޯވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއިން މިހާތަނަށް 155 މީހުން ނިޔާވެފައިވާއިރު، މިއަހަރުގެ މިހާތަނަށް 118 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ދަންނަވާފައެވެ.