ޚަބަރު

ކޯވިޑް-19 : އިތުރު މަރެއް، ޖުމްލަ މަރު 149އަށް އަރައިފި


ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 2:41 ހާއިރު ނިޔާވެފައިވާކަމަށެވެ. އަދި މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 149 ވަނަ މީހާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން ނިޔާވި 149 މީހުންގެ ތެރޭގައި ހިމެނެނީ 133 ދިވެހިންނާއި، 16 ބިދޭސީންނެވެ.

މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑްގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިބަލީގައި 77 މީހުން ވަނީ ނިޔާވެފައެވެ. އެއީ 69 ދިވެހިންނާ 8 ބިދޭސީންނެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ނިޔާވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު 13 މީހަކު ވަނީ ކޯވިޑްގައި ނިޔާވެފައެވެ.