ޚަބަރު

ޕޮޒިޓިވްވުމުން ފެސިލިޓީއަށް ގެންދިޔަ މަގުމަތީގައި ފިލި ބަޔަކު ހޯދަނީ


ކޯވިޑަށް ޕޮޒިޓިވްވުމުން ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުންނަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންކަމަށެވެ. މި ދެމީހުންވެސް ބަންދުކުރިއިރު ކޯވިޑް ޕޮޒިޓިވްވެފައިވާތީ ބަންދުދޫކޮށްލާ މި މީހުން އެޗްޕީއޭއާއި ހަވާލުކުރިކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ފިލާފައިވަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ކޯވިޑް ފެސިލީޓީއަށް ގެންދަނިކޮށް ރޭގެ ވަގުތެއްގައިކަމަށެވެ. އެހެންނަމަވެސް މި މީހުންނާއި ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.