ޚަބަރު

ހުކުރު ވަގުތު ޙަރަމްގެ މިންބަރުގެ ތެރެއަށް ވަދެގަންނަން މީހަކު އުޅެފި


މިއަދުގެ ހުކުރު ނަމާދު ވަގުތު މަސްޖިދުލްޙަރަމްގެ މިންބަރުގެ ތެރެއަށް ވަންނަ އުޅުނު މީހަކު ހިފަހައްޓައިފިއެވެ.

އިހްރާމްގައި ހުރި މި މީހާ މިންބަރަށް ވަދެގެންނަ މަސައްކަތް ކޮށްފައިވަނީ މިއަދުގެ ހުކުރު ނަމާދުގެ ހުތުބާ ދެމުންދަނިކޮށެވެ. ޙަރަމްގެ ވީޑިއޯތަކުން ފެންނަ ގޮތުގައި މިމީހާ ދުވެފައި ގޮސް މިންބަރަށް ވަދަގަންނަސް މަސައްކަތް ކުރަނީ ތަވާފްކުރާ މީހުންގެ ތެރޭގައި ހުރެފައެވެ. އަދި މިމީހާ މިންބަރަށް ނޭރެނީސް ޙަރަމް ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިން ވަނީ އޭނާ ހިފަހައްޓާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. މީ ކޮން ޤައުމެއް މީހެއްކަމަށް އަދި މި މީހާ މިކަން ކުރީ ކީއްވެކަމެއް ސައުދީ ސިފައިން ބުނަފައެއް ނުވެއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ޙަރަމްގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިހްރާމްގައި ތިބޭ މީހުންނަށް ނޫނީ މަތާފް ސަރަހައްދަށް ( ގެފުޅު ހުންނަ ސަރަހައްދަށް ) ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޖަމާއަތުގައި ދުރުދުރިގައި ތިބެގެން ނަމާދުކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ ޙައްޖުގެ މޫސުން ގާތްވަމުން އަންނައިރު އެހެން އަހަރުތަކެކޭ އެއްގޮތަށް ސައުދީން ބޭރު މީހުން އެތެރެވެ ޙައްޖުގެ ބައިވެރިވެވޭނެކަން ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު ޙައްޖުގެ އަޅުކަން މިއަހަރު ކުރިއަށް ގެންދަން ނިންމި ނަމަވެސް ޙައްޖުގައި ބައިވެރިވެވޭނީ ކިހާ މީހުންނެއް ކަމެއް އަދި ސައުދީ ސަރުކާރުން ހާމައެއް ނުކުރެއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން މިއަދި އަހަރުގެ ޙައްޖުގައި ސައުދީން ބޭރުން އެއްވެސް މީހަކު އެތެރެވުމުގެ ހުއްދަ ދީފައެއް ނުވެއެވެ. އެހެންކަމުން މިދިޔަ އަހަރު ޙައްޖުގެ އަޅުކަން ކުރިޔަށް ގެންދިޔައީ 1000 މީހުންނާއި އެކުއެވެ.