މުނިފޫހިފިލުވުން

ރާނީ އެލިޒަބަތުގެ މާމަ ދަރިކަނބަލުންނަށް ކުއްޖަކު ލިބެނީ


ރާނީ އެލިޒަބަތުގެ މާމަ ދަރިކަނބަލުން ކަމަށްވާ ޕްރިންސެސް ބިއެޓްރިކާ އަދި ފިރިމީހާ އެޑޯރްޑޯއަށް އަލަތު ދަރިފުޅަކު ލިބެން އުޅޭކަމުގެ ޚަބަރު ޝާހީ ޢާއިލާގެ ސޯޝަލް މީޑިއާ ހޭންޑްލްގައި ވަނީ އިޢުލާނު ކޮށްފައެވެ. އަދި މިކަމާއި ރާނީ ހުންނެވީ ވަރަށް އުފަލުން ކަމުގައިވެސް ޚަބަރުތައް ބުނެއެވެ.

ޕްރިންސެސް ބިއެޓްރިކާ އަކީ ޑިއުކް އޮފް ޔޯކް ކަމުގައިވާ ޕްރިންސް އެންޑްރޫ އަދި ޑަޗަސް އޮފް ޔޯކް ސާރާގެ ދަރިކަނބަލުންނެވެ.
2019 ވަނަ އަހަރު ސެޕެޓެމްބަރު މަހު އެންގޭޖްވުމަށްފަހު ޕްރިންސެސް ބިއެޓްރާ އަދި އެޑޯރްޑޯ ކައިވެނި ބައްލަވައިގަނެފައިވަނީ މިދިޔަ އަހަރު ޖުލައި މަހުއެވެ. ކައިވެނީގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޯޔަލް ޗަޕަލް އޮފް ސެއިންޓްސް ގައި ވަރަށް ގާތް މީހުންނާއެކުގައެވެ.

ބިއެޓްރިކާގެ އަންހެން ކޮއްކޮ ޕްރިންސެސް ޔޫޖީނިއާ އަދި ފިރިމީހާ ވެސް ވަނީ ފެބްރުއަރީ މަހު އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުޙަބާ ކިޔާފައެވެ. ޕްރިންސެސް ބިއެޓްރިކާ އަކީ މިހާރުވެސް ފިރިމީހާ އެޑޯރްޑޯ އާއި ކުރީގެ އަންހެނުން ދާރާއަށް ލިބިފައިވާ ފިރިހެން ދަރިފުޅު ކްރިސްޓޮފަރ ގެ ދޮން މަންމައެވެ.

ޕްރިންސެސް ބެޓްރިއާކާގެ މި ދަރިފުޅުވާނީ ރާނީ އެލިޒަބަތު 2 ގެ 12 ވަނަ މުނިމާމާ ދަރިފުޅަށެވެ. ޕްރިންސް ހެރީ އަދި މޭގަން މާކަލްވެސް އަންނަ ހޫނު މޫސުމުގައި އަންހެން ދަރިފުޅުކަށް މަރުޙަބާ ކިޔާނެއެވެ. މިއީ ވެސް ރާނީ އެލިޒަބަތުގެ 2 ގެ މުނިމާމަ ދަރިފުޅެކެވެ.

ޑިއުކް އޮފް އެޑިންބާރގް ޕްރިންސް ފިލިޕް އަވަހާހަރަވުމަށްފަހު ބިއެޓްރިކާއަށް ކުއްޖަކު ލިބުމަކީ ޝާހީ ޢާޢިލާއަށް މިވަގުތު ވަރަށް ބޭނުންވާ އުފާވެރިކަމެއްކަމުގައި ޚަބަރުތައް ބުނެއެވެ.