ކުޅިވަރު

ހަތްއަހަރު ތެރޭގައި ހަވަނަ ފަހަރަށް ޕީއެސްޖީ ފްރެންޗް ކަޕް ކާމިޔާބުކޮށްފި


ހަތް އަހަރު ތެރޭގައި ހަވަނަ ފަހަރަށް ޕީއެސްޖީން ފްރެންޗް ކަޕުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޕީއެސްޖީ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވާދަވެރި މޮނާކޯއާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ޕީއެސްޖީ މެޗުގައި ލީޑު ނެގީ 19ވަނަ މިނިޓުގައި ކައިލެން އެމްބާޕޭ ދިން ބޯޅައަކުން މައުރޯ އިކާޑީ ގޯލްތެރެއަށް ވައްދާލި ބޯޅައިންނެވެ. މެޗުގައި ޕީއެސްޖީއަށް ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެން 9މިނިޓަށް ވެފައިވަނިކޮށް އެމްބާޕޭއެވެ. މިލަނޑަކީ އެންހަލް ޑިމާރިޔާ ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ. މިއީ އާކޯޗު މައުރީސިއޯ ޕޮޗެޓީނިއޯ ޓީމާ ހަވާލުވި ފަހުން އެޓީމަށް ހޯދައިދިން ދެވަނަ ތަށްޓެވެ.

ފްރެންޗް ލިގުގައި ވަންގެ އެއްޕޮއިޓު ފަހަތުން ލިގުގެ ދެވަނައިގަ އޮތް ޕީއެސްޖީ އަށް ވަނީ ލީގުގެ ފަހުމެޗާހަމަޔަށް ޗެމްޕިއަން ކަން ކަށަވަރުކުރުމަށް މަޑުކުރަން ޖެހިފައެވެ. އެހެން ނަމެވެސް އެމެޗުން ލިލޭ މޮޅުވެއްޖެނަމަ އެޓީމަށް ލީގު ކަށަވަރުވާނެއެވެ. ހުސްވި ސީޒަންގައި ޔޫރަޕުގައި އެންމެ އަވަހަށް ލީގު ކަށަވަރުކުރި ޓީމަކީ ޕީއެސްޖީއެވެ. މިއީ ފްރެންޗް ކަޕް ޕީއެސްޖީ ކާމިޔާބުކުރި 14 ވަނަ ފަހަރެވެ.