ކުޅިވަރު

ވެސްޓްހަމް މޮޅުވެ ޔޫރަޕާ ލީގުގެ އުންމީދުގައި


އިނގިރޭސި ލީގުގައި ރޭ ވެސްޓްހަމުން ޕްރިމިއަރ ލީގުން ރެލިގޭޓް ވެފައިވާ ވެސްޓް ބްރޯމް ބަލިކޮށް އަންނަ ސީޒަނުގައި ޔޮރަޕާ ލީގުގެ ކުޅުމުގެ އުންމީދު އާކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅެ ވެސްޓަހަމް މޮޅުވީ 3-1 ލަނޑުންނެވެ. ރޮބާޓޯ ޕެރެއިރާ ކޯނަރަކުން ގޯލަށް ފޮނުވާލި ބޯޅައިން ވެސްޓް ބްރޮމް ލީޑުނަގާފައިވަނިކޮށް ވެސްޓް ހޭމް އެއްވަރުކުރީ ތޯމަސް ސޫޝެކް ޖެހި ގޯލުންނެވެ. ވެސްޓް ހޭމަށް ލީޑުނަގައިދިނީ ގަބްރިއެލް އޮގްބޮންނާއެވެ. އަދި ފަހު ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި މިކޭލް އެންޓޯނިއޯއެވެ.

އެސްޓަން ވިލާ އިން ވަނީ 2-1 އިން ޓޮޓެންހަމް ބަލިވުމުން ވެސްޓް ހޭމް އޭގެ ފައިދާނަގައި ފަސް ވަނަ އަށް ޖެހިލީ، 37 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ހަ ވަނައިގައި އޮތީ 37 މެޗުން 59 ޕޮއިންޓާއެކުގައެވެ. ފަސް ވަނަ އާއި ހަ ވަނަ މަގާމުގެ ވާދަވެރިކަން ބޮޑުވެފައިވަނީ ޔޫރޮޕާ ލީގުގެ ޖާގަތައް ހޯދުމަށެވެ. ފަހު މެޗުން އަމިއްލަ ދަނޑުގައި ސައުތެމްޓަނާ އެއްވަރު ކޮށްގެން ވެސްޓް ހޭމަށް ގަދަހައެއް ކަށަވަރު ކުރެވޭނެއެވެ.