ޚަބަރު

އެމް.ޕީ.އެލްގެ ސީއީއޯއަކަށް އިބްރާހީމް ޝަރީފް އައްޔަންކޮށްފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ސީ.އީ.އޯގެ މަޤާމަށް ކުރީގެ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝަރީފް މުހައްމަދު އައްޔަންކުރައްވައިފިއެވެ.ޕްރައިވެޓައިޒޭން ބޯޑުން ވަނީ އެމަޤާމަށް އިބްރާހީމް ޝަރީފް އައްޔަނުކުރެއްވިކަން ޕީ.އެސް.އެމް ޚަބަރަށް ކޮށްދެއްވާފައެވެ.އެމް.ޕީ.އެލްގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި މުހައްމަދު ޖުނެއިދު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.އެމް.ޕީ.އެލްއަށް އަލަށް އައްޔަން ކުރެއްވި ސީއީއޯ އިބްރާހީމް ޝަރީފް ކުރިންވަނީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ، ހޮޓެލް އެންޑް ރިޒޯޓްގެ މަޤާމުގެ އިތުރުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)ގެ ޗެއަރމަންގެ މަޤާމު ވެސް ފުރުއްވާފައެވެ. މީގެ އިތުރުން އެލައިޑް އިންޝުރެންސްގެ ޗެއަރމަން އަދި ޑިރެކްޓަރގެ މަޤާމުގައި 18 އަހަރުގެ މުއްދަތައް އިބްރާހީމް ޝަރީފް ފުރުއްވާފައިވާކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން މައުލޫމާތުދެއެވެ.