މުނިފޫހިފިލުވުން

"ސިންދްރެއްލާ" ގެ ފަސްޓް ލުކް


ފެއާރީ ޓޭލް "ސިންދްރެއްލާ" ގެ އައު ފިލްމުގެ ފުރަތަމަ ލުކް ދައްކާލައިފިއެވެ. ސޮނީ ޕިކްޗާސް އިން ތައްޔާރުު ކުރާ މި ފިލްމުގައި ސިންދްރެއްލާގެ ރޯލުން ފެނިގެންދަނީ މަޝްހޫރި ލަވަކިޔުންތރިޔާ ކަމީލާ ކެބޭލޯއެވެ. މީ އޭނާގެ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. އޭނާގެ ޕްރިންސްގެ ރޯލުން ފެނިގެންދާނީ ނިކޮލަސް ގަލިންޒީއެވެ.

"ސިންދްރެއްލާ" ގެ ފުރަތަމަ ލުކް އާއްމުންނާއި ހަމައަށް ދޫކޮށްލީ ފިލްމުގެ ވާހަކަލިޔެ އަދު މި ފިލްމުގެ ޑައިރެކްޓަރ ކޭ ކެނޮންއެވެ. މި ފިލްމު ކުރިން އޮތީ ސިނަމާތަކުގައި އަޅުވާ ގޮތަށެވެ. އެހެންނަމަވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން މި ނިންމުން މިިހާރު ވަނީ ބަދަލުކޮށްފައެވެ.

އައު ބަދަލާއި އެކު މި ފިލްމް ސްޓްރީމް ކުރާނީ އެމެޒޯން ޕްރައިމުންނެވެ. ފިލްމް ރިލީޒްކުރާ ވަކި ތާރީހެއް އަދި އިއުލާން ނުކުރިނަމަވެސް ފިލްމު ސެޕްޓެމްބަރު މަހު ދޫކޮށްލާނެކަން މިހާރު ވަނީ ޕްރޮޑަކްޝަން ޓީމުން ޔަގީންކޮށްދީފައެވެ.