ޚަބަރު

އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި


އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި މީ ޓެރަރިޒަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްކަމަށްވެސް މައުލޫތުލިބިފައިވެއެވެ.

މި އޮޕަރޭޝަނާއި ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ސަލާމަތީ ބާރުތަކުން އަދި ހާމަކޮށްފައެެއްނުވެއެވެ.

މިމަހުގެ 6 ވަނަދުވަހު ނުރައްކާތެރި އެއްޗެއް ގޮއްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން ގެންދަނީ ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ގައިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ދަނިކޮށް ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. މި ހާދިސާއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސްވަނީ ޖަހާފައެވެ. ރޭޒާރ ފުއްތަކާއި އެހެނިހެން ނުރައްކާތެރި މައުދަންތައް ބޭނުންކޮށްގެން ގޮއްވާލި ބޮމަކީ ރާއްޖޭގައި މިހާތަނަށް ހިނގި މިފަދަަ ހާދިސާތަކުގައި ގޮއްވާލި އެންމެ ނުރައްކާތެރި އެތިކަން ސަލާމަތީ ބާރުތަކުން ވިދާޅުވެއެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާއަށް މިދިޔަ ފިތުރު އީދުދުވަހު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފައެވެ.