ޚަބަރު

ރާއްޖޭގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުތަކެއް


ޤައުމެއްގެ ތަރައްޤީ އެންމެ ބޮޑަށް ދައްކުވައިދޭ އެއް ކަމަކީ  އެ ޤައުމެއްގެ އުމްރާނީ ތަރައްޤީއެވެ. އަދި މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ހުރުމަކީ މި އުމްރާނީ ތަރައްޤީގެ މުހިއްމު ބަހާއެއްކަން ޤައިމެވެ.މިގޮތުން ރައީސް ޔާމީންގެ ވެރިކަމަށް މިއަދު ދެއަހަރު ފުރޭއިރު، ރާއްޖޭގެ ރަށްތަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުތަކެއް، ކާމިޔާބުކަމާއި އެކީ ކުރިއަށް ގެންދަވާފައިވާކަން ފާހަގަކޮށްލެވެއެވެ.ސަރުކާރުން ކުރިއަށް ގެންދަވާ މަގު ހެދުމުގެ މަޝްރޫޢުތަކަށް ބަލާލާއިރު 15 ރަށެއްގައި މި މަޝްރޫއު ކުރިއަށްދާއިރު، 3 ރަށެއްގައި މި މަސައްކަތް މިހާރުވަނީ ނިމުމަކާއި ހަމައަށް އައިސްފައެވެ. އެއީ ކުޅުދުއްފުށީގެ މަގުހެދުމުގެ މަޝްރޫޢުއާއި ފޭދޫގެ މަގު ހެދުމުގެ މަޝްރޫޢާއި ވިލުފުށީ މަގު ހެދުމުގެ މަޝްރޫއެވެ.މަގު ހެދުމުގެ މަޝްރޫޢުއަށް 1.1 ބިލިއަން ރުޖިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މި މަޝްރޫޢު އާއި ގުޅޭ މުހިންމު މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.އަދި އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައިވެސް މަގުހެދުމުގެ މަޝްރޫޢުތައް ހިމެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުމަކީ ޤައުމަށް އަންނަ އުމްރާނީ ތަރައްޤީ ދައްކުވައިދޭ ކަމެއްގެ އިތުރުން ހިނގާބިގާވާ މީހުންނާއި ދުއްވާ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށްޓަކައިވެސް ވަރަށް މުހިންމު ކަމެކެވެ.ސަރުކާރުން ކުރިއަށްގެންދާ މަގުހެދުންފަދަ މުހިންމު މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމީ، ރައީސް އަބްދުﷲ ޔާމީންގެ ހިންގުންތެރިކަމާއި ތަރައްޤީއަށް ދެއްކާ އަހަންމިއްޔަތުކަން ދައްކުވައިދޭކަމެކެވެ.