ކުޅިވަރު

ބްލޭޒަރސް އާއި ސަންސް ބައްދަލުކުރިމެޗް ބްލޭޒަރސް ކާމިޔާބުކޮށްފި



އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް ޓްރެއިލް ބްލޭޒަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ބްލޭޒަރސް ކާމިޔާބުކުރީ 117 ޕޮއިންޓް 116 ޕޮއިންޓުގެ ކުޑަ ތަފާތަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބްލޭޒަރސްގެ ޑެމިއަން ލިލާޑްވަނީ 41 ޕޮއިންޓް ހޯދާދީ 5 ރިބައުންޑް ނަގާ 5 އެސިސްޓްވެސް ކޮށްފައެވެ. އަދި ސަންސްގެ ކްރިސް ޕޯލްވަނީ 26 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.

މިމުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 90 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ޕޯލް ޖޯޖް ވަނީ 20 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެވެ. އަދި ހޯނެޓްސްގެ ލަމޭލޯ ބޯލްވަނީ 18 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން މިލްވައުކީ ބަކްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 142 ޕޮއިންޓް 133 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯ ވަނީ 40 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެވެ. އަދި ޕޭސަރސްގެ ޖަސްޓިން ހޮލިޑޭ ވަނީ 26 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ނިއުޔޯކް ނިކްސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 102 ޕޮއިންޓް 98 ޕޮއިންޓުން ނިކްސް ކާމިޔާބުކުރިއިރު އެޓްލާންޓާ ހޯކްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 116 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. މައޭމީ ހީޓް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 94 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު މެމްފިސް ގްރިޒްލީސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުރީ ގްރިޒްލީސްއެވެ. އަދި ޑެންވަރ ނަގެޓްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 103 ޕޮއިންޓުން ނަގެޓްސް ކާމިޔާބުކުރިއިރު ޝިކާގޯ ބުލްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ.