ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި


ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށެވެ. އަދި މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި މި މައްސަލަ ފުލުހުން މިހާރު ތަޙުޤީޤުކުރަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވާއިރު، އެމަނިކުފާނަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި މިހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.