ޚަބަރު

ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު


މާލޭގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުންދާ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

މިރޭ 9:00 ހާއިރު މަޖީދީމަގުން ގ.ކެނެރީގޭ ކައިރިން އެއްޗެއް ގޮއްވާލާފައިވާއިރު، އެވަގުތު ރައީސް ނަޝީދުވެސް ހުންނެވީ އެސަރަޙައްދުގައެވެ. އަދި އެއްޗެއް ގޮވި ހާދިސާ ހިނގީ އެސަރަޙައްދުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ.

މިހާދިސާގައި ލިބުނު އަނިޔާތަކަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމުގެ މައުލޫމާތު ލިބެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެނެރީގޭ ހުރި ސަރަޙައްދުގައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލި ހާދިސާގައި އިތުރު ބަޔަކަށްވެސް ވަނީ އަނިޔާވެފައެވެ. އަދި އެ ސަރަޙައްދުގައި ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.