ޚަބަރު

ހޮޅުދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި


މިރޭ ނ. ހޮޅުދޫގައި އުމުރުން ދުވަސްވީ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.ޕީ.އެސް.އެމް ޚަބަރަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ  އޮފިޝަލް ވިދާޅުވީ މިހާދިސާ ހިގާފައިވަނީ މިރޭ 19:40 އެހާކަންހާއިރު ކަމަށާއި، މިމައްސަލައާއި ގުޅިގެން އެރަށުން އުމުރުން 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް ސުވާލުކުރަމުން ގެންދާކަމަށެވެ.މި ޙާދިސާގައި ޒަހަމްވެފައިވާ އުމުރުން ދުވަސްވީ މިހާއަކީ 70 އަހަރުން މަތީގެ މީހެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.މި މީހާއަށް މިހާރު ނ. މަނަދޫ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްޤީޤް ކުރަމުންެނެވެ.