ކުޅިވަރު

ސެރިއާގެ އާ ސީޒަން އޮގަސްޓް 22 ގައި



ސެރިއާގެ އާ ސީޒަން އަންނަ އޯގަސްޓަ މަހު 22 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

އިޓަލީގެ އެފްއައިޖީސީ ނެރުނު ބަޔާނެއްގެވާ ގޮތުން ސެރިއާ އާސީޒަން ކުރިޔަށްދާނީ އަންނަ އޯގަސްޓް 22 ފެށިގެން އަންނަ އަހަރުގެ މޭމަހުގެ 22ގެ ނިޔަލަށެވެ. އާއަހަރުގެ ޗުއްޓީއަށް ޑިސެންބަރު މަހުގެ 23ވަނަ ދުވަހު ލީގު މެދުކަނޑާލަން ނިންމާފަވާއިރު އާ އަހަރުގެ ޗުއްޓީއަށް ފަހު ލީގުގެ ކުޅުން އަލުން ފަށާނީ ޖެނުއަރީ މަހުގެ 06 ވަނަ ދުވަހުއެވެ. ހަފްތާ ބަންދެގައި އިޓާލިއަން ސެރިއާ ފެށުމަށް އިޓާލިއަން ސެރިއާއިން ތަވާލު ކޮށްފަވާއިރު އިޓަލީ ލީގު ފަށަނީ އަންނަ މަހުގެ 11ވަނަ ދުވަހު ފެށޭ ޔޫރޯ ފުޓްބޯޅަ މުބާރާތައްފަހުއެވެ.

ސެރިއާގެ ފަރާތުން އަންނަ ސީޒަނުގައި އިޓަލީ ޔޫތު ލީގުގެ ޓީމުތައް އިތުރުކުރުމަށް ވެސް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. ސެރިއާގެ ހުށަހެޅުމަކީ ލީގުގެ މިހާރު ވާދަކުރާ ޓީމުގެ އަދަދު 16 އިން 18 އަށް އިތުރުކުރުމަށެވެ. މިފަހަރުގެ ސެރިއާ ޗެމްޕިއަންކަން 11 އަހަރަށްފަހު އިންޓަމިލާނުން ވަނީ ހޯދާފައެވެ.