ދުނިޔެ

ބެއިރޫތުގައި ގޮއްވާލި ބޮންތަކުގެ މައްސަލަ ބަލަނީ


ލުބްނާނުގެ ބެއިރޫތުގައި ބުރާސްފަތި ދުވަހު ގޮއްވާލި
ބޮންތަކުގެ މައްސަލަ އެޤައުމުގެ ފުލުހުން ތަހުޤީގު ކުރަން ފަށައިފިއެވެ.



ބެއިރޫތުގެ ދެސަރަހައްދެއްގައި ދެވުނު
މިހަމަލާތަކުގައި ސާޅީހަށްވުރެ ގިނަ މީހުން މަރުވެ، ދުއިސައްތަ ސާޅީހެއްހާ މީހުން ޒަހަމްވެފައިވެއެވެ. މިހަމަލާދިނުމުގައި ބައިވެރިވިކަމަށް ޝައްކު ކުރެވޭ 6
މީހުން ހައްޔަރުކުރެވިފައިވާއިރު،
މައްސަލަ ތަހުޤީގުކުރާ ފަރާތްތަކާއި ލުބްނާނުގެ އިންޓެލިޖެންސް އިދާރާއިން ދަނީ
މިމީހުންނަކީ މިހަމަލާ ދިނުމުގައި ބައިވެރިވެފައިވާ ބައެއްތޯ ބަލަމުންނެވެ.

ހައްޔަރުކުރެވުނު 6 މީހުންގެ ތެރެއިން އެކަކު މިކަމުގައި ބައިވެރިވެފައިވާ ކަމަށް
އެއްބަސްވެފައިވާ ކަމަށް އެޤައުމުގެ ފުލުހުން ބުނެއެވެ.