ދުނިޔެ

ސޫރިޔާގެ މައްސަލައިގެ ވާހަކަތަކަށް ބައްޝާރުލް އަސަދު!


ސޫރިޔާގެ މައްސަލައިގައި ބާއްވާ ވާހަކަތަކުގައި އެޤައުމުގެ ރައީސް ބައްޝާރުލްއަސަދު އަލުން ބައިވެރިވުމަށް ފެހި ސިގްނަލް ދީފައިވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެއެވެ.ޚާރިޖީ ވަޒީރު ކެރީ ވިދާޅުވީ ބިނާކުރުވަނިވި ވާހަކަތަކަކަށް ރައީސް ބައްޝާރުލްއަސަދު ތައްޔާރަށް ހުންނެވި ކަމަށް މިމައްސަލައިގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކުން ޚަބަރުދޭ ކަމަށެވެ. ކެރީ އިތުރަށް ވިދާޅުވިގޮތުގައި މިމައްސަލައަކީ ސޫރިޔާ އެކަނި ހައްލުކުރަންޖެހޭ މައްސަލައެއް ނޫން ކަމަށާ، މިމައްސަލައިގެ ފުންމިނަކީ ސޫރިޔާގެ އިތުރުން މުޅި ދުނިޔެއަށް ފުޅާވަމުންދާ ބިރުވެރިކަމެއް ކަމަށެވެ.އަދި މިގޮތުން ފަރަންސޭސިވިލާތަށް ދެވުނު ހަމަލާގެ ޒިންމާ އައިއެސް ޖަމާޢަތުން ނަގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ފަރަންސޭސިވިލާތަށް ދިން ޓެރަރިސްޓު ހަމަލާގައި ސަތޭކަ ނަވާވީސް މީހުން މަރުވެފައިވެއެވެ.