ޚަބަރު

ދުޅަހެޔޮ ޞިއްޙަތެއްގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ދީފި


"ވިމެން އޮން ބޯޑްސް"ން އިންތިޒާމުކޮށްގެން އެ ޖަމްއިއްޔާގެ މެމްބަރުންނަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.މޫކައި ސުއިޓްސްގައި ރޭ އޮތް މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތުދެއްވީ، ޕްރޮފެސަރ ހަސަން އުގައިލެވެ.މި މަސައްކަތު ބައްދަލުވުމުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކަންތައްތަކާއި، އާދަކާދަތަކާއި، ކަސްރަތުކުރުމުގެ މުހިންމުކަމުގެ މައްޗަށް މައުލޫމާތުދީފައިވެއެވެ.މި ބައްދަލުވުމުގައި ވިމެން އޮން ބޯޑުގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފައިވެއެވެ. ވިމެން އޮން ބޯޑަކީ، އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށް އަދި ޚާއްޞަކޮށް މާލީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާ އެންޖީއޯއެކެވެ.