ޚަބަރު

ކޯވިޑް-19އަށް އަންނަމުންދާ ބަދަލުތައް އިތުރަށް ދިރާސާކުރަނީ


ކޯވިޑް-19އަށް އަންނަމުންދާ ބައެއް ބަދަލުތަކުގެ ސަބަބުން ބައްޔާ ދެކޮޅަށް އިންސާނާ ހަށިގަނޑު މަސައްކަތް ނުކުރުމުގެ ފުރުޞަތު އޮތްކަމަށް އިންޑިޔާގެ ބައެއް ފުންނާބުއުސް ސައިންސްވެރިން ބުނެފިއެވެ.

އިންޑިޔާގެ ސަރުކާރުން ޤާއިމުކޮށްފައިވާ ސައިންސްވެރިންގެ ފޯރަމުގައި އެ ޤައުމުގެ 10 ޤައުމީ ރިސަރޗު ލެބޯޓުރީން ބައިވެރިވެއެވެ. އެ ފޯރަމުން ބުނީ ކޯވިޑް-19އަށް އައިސްފައިވާކަމަށް ފާހަގަވެފައިވާ ބައެއް ކުދި ބަދަލުތަކަކީ ބަލީގެ ނުރައްކާ އިތުރުވެދާނެ ސަބަބަކަށް ނުވެދާނެކަމަށެވެ. އެ ބަދަލުތަކަކީ އިތުރަށް ދިރާސާކުރަންޖެހޭ ކަންކަންކަމަށް ސައިންސްވެރިން ބުނެއެވެ.

އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވަނީ އެ ޤައުމުން ފެނިފައިވާ ބަލީގެ އައު ވައްތަރަކުންތޯ ބެލުމަށް ސައިންސްވެރިން ދަނީ ދިރާސާކުރަމުންނެވެ. އިނގިރޭސިވިލާތާއި ބުރެޒިލާއި ދެކުނު އެފުރިކާއިން ފެނިފައިވާ ބަލީގެ އައު ވައްތަރުތަކާމެދު ކަންބޮޑުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބުލިޔުއެޗުއޯއިން ފާހަގަކުރި ނަމަވެސް އިންޑިޔާއިން ފެނުނު ބަލީގެ ވައްތަރާމެދު އެ ޖަމްޢިއްޔާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި ދެވަނަ ރާޅަކާ އިންޑިޔާއިން ދަނީ ހަނގުރާމަކުރަމުންނެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 400،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ.

އޯކިޑް

ވަރަށް ދެރަވޭ. އަވަސް ނަތީޖާއެއް މިދިރާސާތަކުން ހޯދުމަށް އެދެން!