ކުޅިވަރު

ޓޮޓެންހަމް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ކޭން ދީފި


ޓޮޓެންހަމް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ފޯވާޑް ހެރީ ކޭން ދީފިއެވެ. ބައެއް ތަޖްރިބާކާރުން ވަނީ މީގެ ކުރިންވެސް އިންގްލެންޑް އަދި ޓޮޓެންހަމްގެ ފޯވާޑް ތަށި ބޭނުންކަމަށްވާނަމަ، ޓޮޓެންހަމް ދޫކޮށް އެހެން ކުލަބަކަށް ބަދަލްވާން ޖެހޭކަމަށް ބުނެފައެވެ.

ޓޮޓެންހަމްގައި ހޭދަކުރި ދުވަސްވަރުގައި އެޓީމާއެކު ދިން ފައިނަލްގައި ކުޅެފައިވީނަމަވެސް އަދި މިހާތަނަށް ތަށްޓެއްގައި ކޭންއަށް އަތްލެވޭގޮތްވަނީ ނެވެފައެވެ. 2011ވަނަ އަހަރު ޓޮޓެންހަމްގެ ސީނިއަރ ޓީމުން ޖާގަހޯދި ހެރީ ކޭން ޓޮޓެންހަމާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2024ވަނަ އަހަރުގެ ނިޔަލަށެވެ.

މިނިސީޒަންގައި ޓޮޓެންހަމަށް 44 މެޗުން 31 ގޯލް ޖަހާފައިވާ ކޭންއާއި ބެހޭގޮތުން ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ތައްޓެއް ނުލިބޭތީ ކޭން ހުރީ ޓޮޓެންހަމް ދޫކޮށްލަން ތައްޔާރަށްކަމަށާއި މިހާރު އޭނާ ކުލަބުގައި ހުރީ ހިންހަމަޖެހިގެން ނޫންކަމަށެވެ. ހެރީ ކޭން ޓޮޓެންހަމް ދޫކޮށްލައިފިނަމަ، ކޭން ހޯދަން ޔޫރަޕްގެ ބޮޑެތި ކުލަބްތަކުން ޝައުގުވެރިވާނެކަން މީގެކުރިންވެސް ބައެއް ކުލަބްތަކުންވަނީ ބުނެފައެވެ.