މުނިފޫހިފިލުވުން

ވާހަކަ: ބަދަލު


ސިލްވާ އިނީ ޖަލުގެ ތޭރިތަކުން ބޭރައް ބަލަހައްޓައިގެން ގެއްލިފައެވެ. ދުނިޔޭގައި ހިގާ އެއްވެސް ކަމެއްގެ އިހުސާސް އޭނައަށް ކުވޭ ހެންނެއް ހީއެއް ނުވެއެވެ. އުމުރުން އެއްމެ ނަވާރަ އަހަރެވެ. ސިލްވާއަށް އެފަދާ ހަންގު އުމުރުގައި ޖަލު ހުކުމެއް ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަ އެއްގައެވެ.

އުމުރުން ފަނަރަ އަހަރުގައި ސިލްވާ ގޯސްމަގު ހިޔާރުކޮށްފިއެވެ. ސިލްވާގެ ހާޔާތައް މިފަދައިން ވެގެން ދިޔައީ މަންމައާއި ބައްޕަގެ ހަމަނުޖެހުން ބޮޑު ދިރި އުޅުމުގެ ސަބަބުން ނެވެ. ވަކިން ހާއްސަ ކޮއް އެ ނުލަފާ ބައްޕަ ގެ ސަބަބުންނެވެ ސިލްވާގެ ބައްޕަ އޭނާގެ އިއްފަތް ފޭރިގެންފައެވެ. ސިލްވާ ބައްޕަގެ މި އަނިޔާގެ ވާހަކަ މަންމަ ކައިރީ ބުނުމުން މިކަމުން ސިލްވާ ސަލާމަތް ކުރުމުގެ ބަދަލުގައި މަންމަ އެދުނީ އެކަން ސިއްރު ކުރުމަށެވެ. ބައްޕަ އެހީ ތެރިކަމާ ނުލާ ސިލްވަ އާއި ހަނގައްތިބި ތިން ކުދިން މަންމައަށް ނުބެލޭނެ ކަމަށް ބުންޏެވެ. ސިލްވާ އަށް ބައްޕަ ފެންނަނީ ވެސް ބިރުވެރި ސިންގާއެއްގެ ސިފައި ގައެވެ. ގޭތެރޭގ ހަމަނުޖެހުމާ ބައްޕަ ނުރައްކަލުން ސަލާމަތް ވުމަށް ސިލްވާ ސިލްވާ ނުކުނަން ފެށީ ބޭރަށެވެ. އެހީތެރިކަން ހޯދަން ފެށި ގޯޅި ކަންމަތީގެ ގުރޫޕުންނެވެ.

ސިލްވާއަކީ އިސްކޮޅުން ދިގު މާދޮން ނޫނަސް ވަރަށް ރީތީ ކުއްޖެކެވެ. ކަޅު ފަން ދިގު އިސްތަށިގަނޑެކެވެ. ސުކޫލައް ދިއުމައްވެސް ސިލްވާ މީހަރު ބޭނުމެއް ނުވެއެވެ. މަގުމަތީގައި އޮންނަ ގުރޫޕާ އެކު ގިނަ ވަގުތު ހޭދަ ކުރެއެވެ.

އާދައިގެ މަތިން ހެނދުގެ ސައި ބުއިމައްފަހު ސިލްވާ މަގުމައްޗައް ނުކުތެވެ. ސައިކަލެއް އަންނާތި ބަލާލިއެވެ. ސައިކަލު އިނީ ސިލްވާގެ އެކުވެރި ޔޫން އެވެ. ސައިކަލުގެ ފަހަތުގައި ކެމެރާއެއް ހިފައިގެން އެހެން މީހަކުވެސް ހުއްޓެވެ. އެމީހުން އައިސް މަޑުކޮށްލީ ސިލްވާގެ ކައިރިއަށެވެ. ޔޫން: ސިލްވަ އެކަލަ ފިހާރައި އިން ހެދުން ރީތި ވެގެން އުޅުނީމެއްނު.. އެ ގަނެވޭނެ ގޮތެއް ބޭނުން ތަ..؟
ސިލްވާ: ހޫ... ކަލޭ ގަނެދިނީމަ އެއޮތީ ލިބޭނެ ގެއް.. ޔޫން: މަގަނެދޭކަށް ނޫން.. މީ އަހްމަދު މީނަ މީ މަޖައްލާއެއްގެ ކަވާރ ފޮޓޯ ނަގާމީހެއް.. ރީތި ކުއްޖަކު ހޯދަދޭށޭ ބުނީމަ މިއައީ ސިލްވާ ކައިރިއަށް... ފޮޓޯ ނެގީމަ ހެދުން ގަންނަން ފައިސާވެސް ލީބޭނެ...
ސިލްވާ: ހެދުން ގަނެވެންޏަ ނަގާފާނަން... އަހްމަދު: ހެދުން ގަނެ ގެން އެހެދުން ލައިގެން ފޮޓޯ ނަގަނީ އޭރުން މާ ރަގަނޅުވާނެ...
ސިލްވާ: ތީ އަދި މާރަގަނޅު ގޮތެއް..

ހެދުން ގަނެގެން އެހެދުމުގައި މަޖައްލާގެ ކަވާރ ފޮޓޯ ނަގަފިއެވެ. ވަރަށް ފުރިހަމައެވެ. ވަރަށް ރީއްޗެވެ. ފޮޓޯ ނެގުމުގެ ތެރޭގައި ސިލްވާ އާއި އަހްމަދާ ވަރަށް ގާތް ދެ ރަހުމަތްތެރިންނަށް ވިއެވެ. އަހްމަދަކީ ވީޑިއޯ ލަވަވެސް ހަދަމުން އަންނަ މީހެކެވެ. އެހެން ކަމުން އަހަމަދު އެދުނީ މާލެ ދިއުމަށެވެ. މާލެ ގޮސް ހުރުން ހަމަޖައްސާ ދޭނެ ކަމަށް ވެސް އަހްމަދު ބުންޏެވެ. އަހްމަދަކީ ސިލްވާއަށް ވުރެން އުމުރުން މާބޮޑު މީހެއް ވީމަ ސިލްވާ ބެލީ ހެޔޮއެދޭ ބޭބެއެއް ގޮތަށެވެ. ސިލްވާ މާލެ ދާ ވާހަކަ މަންމަ މެން ކައިރީ ބުނާކަށް ބޭބުން ނުވިއެވެ. ސިލްވާ ދުށީ ގޭތެރޭގެ ހައިޖާނުން ސަލާމަތް ވުއް އޭނަޔަށް ހުޅުވުނު މަގެއް ކަމަށެވެ. އަހްމަދު ގެ އެދުމުގެ މަތިން ސިލްވާ މާލެ އައެވެ. އަހްމަދު ސިލްވާ ބެހެއްޓި ރަހުމަތް ތެރިއެއްގެ ގޭގެ ކޮޓަރިއެއްގައެވެ.

އަހްމަދު ހުރިހާ ކަމެއްވެސް ބަލަހައްޓައެވެ. ވަރަށް ރަގަނޅެވެ. ކޮންމެ އަކަސް ފުރަތަމަ ފަހަރަށް ސިލްވާ ވީޑިއޯ ލަވައެއް ކުޅުނެވެ. އެލަވައިން ވެސް ސިލްވާ އަށް ބެލިންތެރެންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. ތިން ހަތަރު ފިލްމުން ވެސް ފުރުސަތު ލިބުނެވެ.ގިނަ ރައްޓެހިން ތަކެއް ވެސް ސިލްވާ އަށް ލިބުނެވެ. ޒުވާން ފިރިހެން ކުދިންގެ ހިތްތަކުން ވެސް ޖާގަ ހޯދަން ފެށިއެވެ.

މައްޝޫކަން ކިތަންމެ ބޮޑު ވިޔަސް އަހްމަދު ގެ އެހީތެރިކަން ސިލްވާ އަށް ލިބެއެވެ. ބައެއް ފަހަރު ސިލްވާމެން ގެއަށް އައިސް ވެސް އަހަމަދު އުޅެއެވެ. އަހްމަދު ސިލްވާ މެންގެއަށް އައިސް އުޅުނު ދުވަހެކެވެ. ކެމެރާ ވެސް ހިފައިގެނެވެ. ސިލްވާ ޔާ ދެމީހުން ގޭތެރޭގައި އެކި ވާހަކަ ދައްކަން ތިބަފައި ސިލްވާ ވަނީ ފެން ވަރަން ށެވެ. ފެންވަރަން ހުއްޓަ ކުއްލިއަކަށް ފާޙަނާ ފެންލައިޓުން ކެމެރާ ފުލޭސް ވިހެން ހީވެގެން ބަލާއެވެ. ނަމަވެސް ހީވި ހީވުނެއް ކަމަށް ބަހަފައި ފެންވަރައި ނިނިގެން ނުކުތެވެ. ސިލްވާ ފެންވާރައިގެން ނުކުން އިރަކު އަހްމަދެ ނެތެވެ. އަދި ފަހާނަގައި ހުއްޓަ ކެމެރާގަ އަލިވިހެން ހީވީ ހީވުމެއް ކަމަށް ސިލްވާ ޔަގީން ކުރިއެވެ.

އެގެ ހަފަތާއެއް ހާދުވަސް ފަހެވެ. އެއްދުވަހެއްގެ ހެދުނުގެ ވަގުތެވެ. ރޭގަނޑުގެ ވަރަށް ލަސްވަންދެން ޝުޓީންގައި އުޅުމައް ފަހު ސިލްވާ އޮތި ނިދާ އެވެ. ކޮޓަރީގައި މިހަކުޓަކިޖަހަލީއެވެ. ގަދަކަމުން ލޯ ހުޅުވާލުމައްފަހު ފައި ދަމަމުން ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލި އިރު އަހްމަދު އެވެ.
އަހްމަދު: ނިދަނީތަ.. ؟ ސިލްވާ: އާހަ.. ވަރަށް ލަސް ވަންދެން ޝޫޓިން ގައި އުޅެފައި ވަރަށް ލަހުން ނިދީ...

މިހެން ބުނެފައި އާފުރަމުން ފުރަމުން ގޮސް އެދުގައި އީށިނެވެ. އަހްމަދު ވެސް ފަހަތުން އައިސް އެނދު ކައިރީގައި ހުރި ގޮޑީގައި އިށިނެވެ. އަހްމަދު އަތުގައި ސިޓީ އުރައެއް އޮތެވެ. އަނެއްކަވެސް ސިލްވާ އަހަލިއެވެ.
ސިލްވާ: މާ ހެނދުނަކާ ކީއްކުރަން ތި އާއި.. ތީ ކޮން ސިޓީ އުރައެއް..

އަހްމަދު: މީތި ދައްކާލަން ވެގެން މިއައީ... ވަރަށް ސަޅި އެއްޗެއް މީ.. ސިޓ އުރަ ހުޅުވާލަފައި އޭގައި ހުރި ފޮޓޯތައް ނަގަނުން އަހްމަދ ބުނެލިއެވެ. އަދި ގޮޑިން ތެދުވެ ސިލްވާގެ ކައިރީ އެދުގައި އިށިދެ ސިލްވަ މޫނާ މޫނު ކައިރި ކޮއްލަމުން ފޮޓޯތައް ދައްކަން ފެށިއެވެ. ކުރިން ދުވަހު ސިލްވަ އަށް ހަމަ ހީވީ ރަނގަޅަށެވެ. ފަޚާނާ ގައި ސިލްވާ ހުއްޓަ ނަގާފައިވާ ފޮޓޯއެވެ. ސިލްވަ ވަރަށް ހަސް ވިއެވެ. އަދި ފިޓޯތައް ބަހާލާނޭ ކަމުގެ ބިރު ދައްކައި ސިލްވާ ބުލެކްމެއިލް ކޮށް އޭގެ ފައިދާ ނަގަން ފެށިއެވެ. އަދި ސިލްވާ އަށް މަޖުބޫރުކޮށް އަހްމަދު އާއި ދެމީހުންގެ ބަދުއަޚްލާޤީ ފޮޓޯތައް ނެގިއެވެ. އަހްމަދުގެ ކެމެރާ ބަޔަލު ވަގައްނަގައި އަހްމަދާއި ސިލްވާގެ ޕޮޓޯތައް މުޅި ރައްޖޭގައި ބެހުނެވެ.

ސިލްވާއަށް މިކަންތައް ވަރަށް ބޮޑު ހިތާމައަކަށް ވިއެވެ. އަދި ސިގިރެޓާއި ޑްރަގުގެ އެކުވެރިންނާއި ގުޅި އެއީ ހިންހަމަޖެހުން ކަމުގައި ބެލިއެވެ. އަދި ފިލްމީ މަސައްކަތައް އޭނާދެމުން އައި ވަގުތު ނުދެވި މީހާ މަގުމަތި ވިއެވެ. އައިދި މަސްތުގެ ހާލުގައި ހުއްޓާ ފުޅުހުން ސިލްވާ ހައްޔަރުކުރިއެވެ.

ގޮޅިތެރޭގައި އިދެ ސިލްވާ ވިސްނަމުން ދިޔައީ މަފުށީ ކޯޓުގައި މިއަދު އޭނާގެ ކައިވެނި އޮތީމައެވެ. އެތަނައް ދާއިރި ވާނޭ ގޮތަކާއިމެދުގައެވެ. ވާސިހު އަކީ ސިލްވާގެ ދެކެ ވަރަށް ލޯބިވާ އޭނާގެ ކުޑައިރުގެ ވެސް ރަހުތްތެއެކެވެ. ސިލްވާ ވާސިހް އާ އިންނަ އެއްބަސް ވީ ލޯބި ވެގެންނެއް ނޫނޭވެ. ޖަލުން ނުކުމެވޭނޭ މަގެއް ހޯދުށެވެ. ގަނޑިން އެގާރ ޖަހައި ފިއެވެ. ސިލްވާގެ ހިތްބާރަތް ތެޅެން ފެށިއެވެ. ފެންވަރާ އަދައިގެ ގޮތަކަށް ރީތިވެގެން ސިލްވާ އިނީ ކޯޓަށް ދާން ޖަލު ބަލަހައްޓާ މީހާ އެނާ ބަލާއަންނަ އިރެއްގެ އިންތިޒާރުގައެވެ. ޖަލުބަލައްޓަމީހަ އައިސް ސިލްވާ އަތުގައި ބިޑި އަޅުވައިގެން ޖަލުން ބޭރަތް ނުކުތެވެ. އަދި ބޭރުގައި އޮތް ޕިކަޕެއްގެ ފަހަތައް އެރުމައް އެންގިއެވެ. އިސްޖަހައިގެން ހުރެ ވަރަށް އުދަގުލުން ޕިކަޕުގެ ފަތައް އެރިއެވެ.

ޕިކަޕު މިސްރާބު ޖެހީ މާފުށި ކޯޓާއި ދިމާލަށެވެ. ސިލްވާ އަތުގައި އަޅަފައި ހުރި ބިޑއަށް ބަލާލިއެވެ. އަދި ވިސްނާލިއެވެ. އެހެން މީހުން އަލަތުކައިވެންޏަ އަތުގައި އަޅަނީ އަގުބޮޑު ގަހަނާ އެވެ. ނަމަވެސް އަހަރެން އަލަތުކައި ވެންޏާށް ދާން މިޖެހުނީ އަތުގައި ބިޑި އަޅުވައިގެންނެވެ. މީ ކޮންކަހަލަ ކައިވެޏްއްބާއެވެ. ހިޔާލީ ދުނިޔެއަށް ގެއްލިފައިން ސިލްވާ ސިސްސައިގެން ދިޔައީ ޕިކަޕު ކޯޓު ދޮރު މަތީގައި މަޑުކުރުމުންނެވެ. ވިސާހް އާއި ވިސަހްގެ އައިލާ ކޯޓު ދޮރުމަތީގައި ސިލްވާ ގެ އިންތިޒާރުގައި ތިއްބެވެ. ސިލްވާ ޕިކަޕުން ފޭބުން ޖަލުގެ ގާޑު މީހަ ސިލްވާގެ އަތުގައި ވާ ބިޑި ނައްޓާލިއެވެ. އަދި ސިލްވާ ގޮވައިގެން ކޯޓޫ ތެރެއަށް ދިޔައެވެ. ވިސާހް އައި އައިލާ ވެސް ކޯޓް ތެރެއަށް ދިޔައެވެ. ވިސާހް ހުރީ އުފަލުން ފޮޅީފައެވެ. އޭނާ އެންމެ ލޯބިވާ ސިލްވާއާއި ކައިވަނި ކުރެވޭތީ އެވެ. ސިލވާއަށް ވެސް ކުޑަ ހިންހަޖެހުމެއް ލިބުނެވެ. ޖަލުން ނުކުތުމައް މަގެއް ހުޅުވޭތީ އެވެ.

ވަސިހުގެ މަންމަ އެކައިވެންޏާ އެއްގޮތަކަށް ވެސް ނުރުހެއެވެ. އަދި އެކައިވެނި ނުރުނަށް އެތައް ވަރަކަށް ވިސާހް މަންމަ ނަސޭތަހަތްތެރި ވިއެވެ. ނަމަވެސް ވިސާހް އޭނާ ސިލްވާ ދެކެ ވަރަށް ލޯބިވާކަމަށް ބުނެ މަންމަ ގަތުގައި އާދޭސް ކުރުމުން މަންމަ އެކަމާ އެއްބަސްވީއެވެ. އަދި ވިސާހުގެ ކައިވެނީގެ އުފަލުގައި ބައިވެރި ވީއެވެ. އެހެނަސް ސިލްވާގެ އައިލާގެ އެއްވެސް މިހަކު އެ ކައިވެނީގައި ބައިވެރި އެއްނުވެއެވެ. ކައިވެނިކޮށް ނުމުން އެންމެ އެކުގައި ކޯޓުން ބޭރައް ނުކުތެވެ. އަނެއްކަވެސް ސިލްވާގެ އަތުގައި ބިޑިއަޅުވުއެވެ. އަދި ޕަކަޕައް އަރަން ޖަލުން ސިލްވާ އައި ހަވާލުގެ އައި މީހަ އެންގިއެވެ. ސިލްވާ އަށް ނޭގޭ އިހްސާސެއް އެވަގުތު ކުވެން ފެށިއެވެ. އަދި ފެންކަޅި ވެފައި ހުރެ ވިސާހް މެންނާއި ސަލާމް ކުރުށް ފަހު ޖަލުމީހަގެ ފަހަތުން ގޮސް ޕިކަޕައް އެރިއެވެ އަދި އަނެއްކާވެސް ވިސާހް އާއި ދިމާލައް ބަލަލި އެވެ. އެއީ މަގޭ އަލަތު ފިރިމީހާއެވެ.

އާކައިވެންޏައް ފަހުވެސް އެމީހަގެ އަތުތެރޭގައި އުފާކުރުމުގެ ބަދަލުގައި މަށަމިޖެހޭނީ ޖަލައް ދާށެވެ. މީކޮންކަހަލަ ދިރި އުޅުމެއްބާވައެވެ. ވިސާހް ވެސް ހުރީ ފެންނަކަޅިވެފައެވެ. އަދި މަޑުމަޑުން ހިގާފައި އައިސް ޕަކަޕް ކައިރީގައި މަޑުކޮށްފައި ސިލްވާގެ ބޮލުގައި ފުރުމާލިއެވެ. އަދި ބުނެލިއެވެ.

ވިސާހް. އަހަރެން އޮނާނީ މިރޭގެ އާއިލީ ބައްދަލު ވުމައް އެދިފައި.. މިރޭދެން ބައްދަލުވާނީ.. ސިލްވާ އަކަށް އަގަޔަކުން ނުބުނެވުނެވެ. ހިތައް އަރާފައިބަނުން ދިޔަ ހިތްދަތި އިހްސާސްތައް ކަރުނައިގެ ސިފައިގައި ފައިބަފެށިއެވެ. ވިސަހް ވަރަށް ލޯބިން ސިލްވާގެ ކަރުނަ ފޮހެދިނެވެ. އަދި ބުނެލިއެވެ،

ވިސާހް: ދެން ނުއޭ.. މިހާރު ދެން އުފާކުރޭ.. އަހަރެން މަސްއްކަތް ކުރާނަން ޕްރޯލްގެ ދަށުން ސިލްވާ ގެއަށް ބަދަލު ކުރެވޭތޯ...
ސިލްވާއަށް އަގައިން ނުބުނެވެއެވެ. ގިސްލަ ގިސްލާފައި ރޮނީއެވެ. ސިލްވާޔާ ހަވާލުވެގެން އައިސް ހުރިމީހާ ބުނެލިއެވެ.
ޖައްލާދު: މިހާރު ދާ ގަޑި ޖެހިއްޖެ.. ޕިކަޕައް އަރަމުން އެމީހަ ބުނެލިއެވެ.

ޕިކަޕު ދުއްވާލަން އުޅޭތީ ވިސާހް ކުޑަކޮށް ޕިކަޕާ ދުރައްޖެހުނެވެ. އަދި ސިލްވާގެ މޫނަށް ބަލަން ހުއްޓެވެ. ސިލްވާ ކަރުނަ ފޮހެލާފައި ވިސާހް އަށް ބަލާލިއެވެ. އެވަގުތު ޕިކަޕު ދުއްވާލައިފިއެވެ. ސިލްވާ އިން ޕިކަޕު ގޮސް އޮބާލަން ދެން ވިސާހް ކަޅިޖަހާ ނުލާ ސިލްވާއަށް ބަލަން ހުއްޓެވެ. ޕިކަޕު ގޮސް އޮބާލިއެވެ.

ސިލްވާ އަނެއްކާވެސް ޖަލިއް ގެނެސް ޖަލު ގޮޅިއަށް ލައި ތަޅުލިމައްފަހު ޖަލު ބަލަހައްޓަ މީހަ ދިޔައެވެ. ސިލްވާއަށް ހަމަ ގިސްލަ ގިސްލާފައި ރޮނީއެވެ. ދުވަހަކުވެސް އައިލާގެ އިހްސާސް ކުރެވިފައި ނުވާ ސިލްވާ އަށް އައިލާގެ މުހިންމު ކަމުގެ އިހްސާސް ކުރެވުނީ އަދި މިއަދެވެ. އަދި އަމިއްލައިން ގަޅުވުށް އަޒުމު ކަނޑައެޅިއެވެ. އަދި ފާހާނާ އަށް ވަދެ ފެންވަރައިގެން ނިކުމެ އަތުގައި އޮތްއެންމެ ރީތި ހެދުން ލިއެވެ. އަދި ޖަލު ގޮޅީތެރޭގައި ދެކޮޅު ދެކޮޅަށް ހިގްން ފެށިއެވެ. އެރު ގަޑިން ރޭގަނޑު ހަތެއްޖަހައިފިއެވެ. ގޮޅިތަކަށް ކާއެއްޗެތިހި ގެންނަ މީހާ ކާއްޗެތި ބަރޯއަށް ލައިގެން ސިލްވާގެ ގޮޅީ ކައިއަށް އެވެ. އެމީހާ އަކި ސިލްވާގެ ވަރަށް ގާތްމީހެކެވެ.
ކާންދޭމިހާ. ؛ ސިލްވާ މިހާރު ކައިވެނި ކުރެވުނީ ތައް...
ސިލްވާ: އާ ކައިވެނި ކުރެވިއްޖެ،... ފެންކޅިވެފައި ހުރެ ސިލްވާ ބުނެލިއެވެ.

ކާންދޭމީހާ: ދެރަ ނުވޭ.. ދެން ސިލްވާ ވެސް އަމިލައިން ރަގަނޅުވާން މަސައްކަތް ކުރޭ އޭރުން ވަރަށް އަވަހަށް ސަލާމަތް ވެދާނެ.. އޭނަ އަތުގައި އިން ދަގަނޑު ތައްޓައް ބަތްތާއި ރިހަ އަޅާއި ދެނުނުން އެމީހާ ބުނެލިއެވެ. އެވަގުތު އެހެން ޖަލު ބަލައްޓަމީހަކު އެތަނަން އައެވެ. އަދި އައިލީ ބައްދަލުމަށް ސިލްވާގެ ފިރިމީހާ އައިސް ހުރިވާހަކަ ނުންޏެވެ. ސިލްވާ ވީ އުފަލުން ކާންވެސްބޭބުން ނުވިއެވެ. އަދި ބަތްތަށި ކަންދޭން އައި މިހާ އަތައް ދިނެވެ.

ސިލްވާ ބަލައި އައި މީޙަ ގޮޅީގެ ދޮރު ހުޅުލިއެވެ. ސިލްވާ އަށް ކުރެވުނީ އަބަދައް އޭނަ މިނިވަން ވި ކަހަލަ އިހްސާސެކެވެ. އަދި އުފަލުން ފޮޅިފައިވާ ހިތަކާއެކުން އެމީހާގެ ފަހަތުން ހިގަމުން ދިޔައެވެ. އަދި އައިލީ ބައްދަލުވުން އޮންނަ ކޮޓަރިއަށް ދިޔައެވެ. އޭރު ވިސާހު އެތާގައި ހުއްޓެވެ. ދެމީހުންގެ ކައިވެނީ ފުރަތަމަރޭ ހޭދަކުރަން ޖެހުނީ އެތަނުގައެވެ. އެދުގައި މަތީގައި އޮތް ބެޑިޝީޑް ވެސް މިއިން ޒަމާނެއްގައިވެސް ބަދަލުކޮށް ފައި ނުވެވެ. ދުވާ ސިގިރެޓް ވަހުންވެސް ނީދަމާލަން ކުރެއެވެ. ފާހާނާ ވެސް އެހާ މުޑުދާރެވެ.

ކޮޓަރި ތެރޭގައި ވެސް ސިގިޓް ބަޑު ތަކުން ވަނީ ފުރިފައެވެ. މިން ދުވަހެއއްގައިވެސް އެތާގައި ފިހަގަޑުވެސް ޖައްސާފައި ވާހަނެނެއް ހީނުވެއެވެ. އެހެނަސް އެއި އެދެމީޙުންގެ އަލަތު ކައިވެނީގެ ފުރަތަމަ ރެއެވެ. އެމީހުންނަށް އެތަން ވީ ބޮޑު ގަނޑުވަރެއްގެ ނިދާ ކޮޓަރިއަށެވެ. ހިންހަމަޖެހުމާއެކު އުފާވެރި ވަގުތު ތަކެއް ހޭދަކުރުމައް ފަހުން އަނެއްކާވެސް ދެނީހުން ވަކި ވުމގެ ވަގުތު ޖެހުނެވެ. ކުޑަ ކުޑަ އުފަލެއް ލިބުމައްފަހު އަނެއްކާވެސް ހިތްދަތި ވިއެވެ. ސިލްވާ ރޯން ފެށިއެވެ. ވިސަހް އެދުގައި އަށިދެ އިން އިރު ސިލްވާ ވިސާހް ގެ އުގުގައި ބޯ އަޅައިގެން އޮވެ ރޮނީއެވެ. ވިސަހް ސިލްވާއަށް ވިސްނާ ދެވޭތޯ މަސައްކަތް ކުރަނީއެވެ.

ވިސާހް: ސިލްވާ ދެން ނުރެބަލަ ވަރަށް އަވަހަށް ޕެރޯލްގެ ދަށުން ސިލްވާށް ގޭބަންދައް ދެވޭނެ އޭރުން ދެމީހުން އިފަލުގައި އުޅޭ...
ސިލްވާ: އަހަރެން ވެސް ބޭނުނުން ވަނީ ރަންގަޅު މީހަކަށް ވެގެން ވިސާހް އައި އެކު އުފަލުގައި އުޅެން.. ގިސްލަމުން ސިލްވާ މިހެން ބުނި ތަނަ ކޮޓަރިގައި ޖަލު ބަލަހައްޓަ މީހާ އައިސް ޓަކި ޖެހި އެވެ. އަދި ބައްދަލިވުމގެ ވަގުތު ހަމަވިކަން އެނެގިއެވެ. ސިލްވާ އައި ވިސާހް ލޯބީގެ ސަލާމް ގަލާން ކުރުމައްފަހު ވަކިވިއެވެ. ޖަލުގެ ގަވާއިދު ތައް އޮންނަ ގޮތުން ދެން އެމީހުން ބައްދަލުވާނީ އަނެއްކާވެސް ތިންމަސް ފަހުންނެވެ. އަދި އޭގެ ކުރިން ޕްރޯލްގެ ދަށުން ސިލްވާ ގެއަށް ބަދަލު ކުރެވޭތޯ މަސަތްކަތް ކުރާނެކަމަތް ވިސާހް ބަންޏެވެ.

ދުވަސްތައް ފާއިތުވަނުން ދިޔައެވެ. ސިލްވާ އަދިވެސް އިނީ ޖަލުގައެވެ. މިހާރު އެއްވެސް އެއްޗެއް ނުކެވެއެވެ. ބޯ އަބުރަނީ އެވެ. ހޮޑު ލެވެނީއެވެ. މަބޮޑަށް ވަރު ދެރަވެ ހޮޑު ލެވޭތީ ޖަލުގައި ހުން ޑޮޓަރައް ސިލްވާ ގެންދިޔައެވެ. ޓެސްޓުތައް ހެމުން ސިލްވާ އިނީ ބަލިވެ ކަމަށް ޑޮކްޓަރ ސިލްވާ ކައިރީ ބުންޏެވެ. ވީއުފަލުން އަވަހަށް އެ ޚަބަރު ވިސާހްއަށް ދިނުމަށް ސިލްވާ ބޭނުން ވިއެވެ. އަދި ފޯނު ކޯލެއް ހަމަޖައްސައި އެ ޚަބަރު ވިސާހްއަށް ދިނެވެ. ވިސާހް އުފަލުން ފޮޅުނެވެ. އަދި ވީ އެނެމެ އަވަހަށް ސިލްވާ ގެއަށް ބަދަލުވޭތޯ މަސައްކަތް ފެށިއެވެ.

ތިންމަސް ވީއެއިރު ވެސް ސިލްވާ ބަދަލުކުރެ ވޭ ގޮތެއް ނުއެވެ. މިއަދަކި އަނެއްކާވެސް އައިލީ ބައްދަލުން އޮންނަ ދުވަހެވެ. ވިސާހްގެ ހިތް ވަނީ އަސް ވައެފައެވ. ސިލްވާ އާ ގެ ހާލަކި ވެސް އެއެވެ. މިހާރު ހުރި ހެދުން ތައް ވަނީ ބާރު ވެފައެވެ. ތިންމަސް ވީ އިރު ސިލްވާގެ ބަނޑު ވަރަށް ބިޑެވެ. އުފަލުން ފޮޅިފައިވާ ހިތަކާއި އެކު އާއިލީ ބައްދަލު ވުން ބާއްވާ ކޮޓަރިއަށް ސިލްވާދިޔައެވެ. އޭރު ވިސާހު ހުއްޓެވެ. ވިސާހް ސިލްވަ ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސިލްވާގެ ގއައިގައި ބައްދާލިއެވެ. އަދި ވަރަށް ލޯބިން ސިލްވާ ގެ މުގައި ބޮސްދިނެވެ. އަދި މުނެލިއެވެ.

ވިސާޙް؛ މިދުނިޔެއެއިން އަހަންނަށް ލިބޭނެ އެންމެ ބޮޑު އުފާ އަހަނަށް ލިބިއްޖެ.. އޭ ސިލްވާ ޔަ އަހަރެންގެ ލޯބި ލޯބި ދަރި ފުޅު...
ސިލްވާ ވެސް ހުރީ އުފަލުން ފުރިފައެވެ.. އުފާވެރި ވަގުތު ތަކަށް ފަހު ވަކިވުމުގެ ވަގުތު ޖެހުނެވެ. ކުޑަ ވަގުތުކޮޅެއްގެ އުފަލަކަށް ފަހު އަނެއްކާވެސް ހިތާމަ ވެރި ކަން ވެރި ވިއެވެ. އަދި ސިލްވާ ދެން މަގިނަ ދުވާހަކު ހުންނަން ނުހޭނެކަމަށް ބުނެފައި ވިސާހް ވަކިވެގެން ދިއައެވެ. އެގެ އެއްމަސް ފަހުން ސިލްވާ ގެއަށް ބަދަލުވިއެވެ.

ރިހެބިލިޓޭޝަންގެ ހާއްސް ފަރުވާ ނަގަން ސިލްވާ ފެށިއެވެ. ކައުންސިލިން ސެޝަންތައްވެސް ނެގިއެވެ. ވިސާހްގެ މަންމަ އަކީވެސް ވަރަށް ރަގަނޅު މައިދާތައެކެވެ. ސިލްވާ އަށް ރަގަނޅު މަގު ދެކުމުގައި އެހިތެރި ވިއެވެ. ރަގަނޅު ނަސޭހަތް ދެއެވެ. ހެޔޮގޮތް ވިސްނާދެއެވެ. ނުބައި އާދަތައްހުއްޓަލާ ލިބެން އުޅޭ ދަރިފުޅާ ވިސާހް އާމެދު ވިސްނުމަށް ވިސްނައި ދެއެވެ. ފުރަތަމަ ދުވަސް ކޮޅު ވަރަށް އުދަގުލައި ވޭން ސިލްވާ ތަހައްމަލް ކުރިއެވެ. މާބަޑު މުގެ ސަބަބުންވާ އުދުގޫތަކާއި، އޭގެއިތުރުން ގައިގައި އާޅާ ވޭނެވެ. ނަމަވެސް ސިލްވާ ހިތްވަރު ދޫކޮށެއް ނުލައެވެ.

ސިލްވާ ބޭނުން ވަނީ މުޖުތަމައު ބަލައިގަން ފަދަ ރަގަނޅު މިހަކަށް ވުމަށެވް. ދެން ދުވަހަކުވެއް އޭނާގެ މާޒީއަށް ނުދިއުށެވެ. ކައުންސިލިން ސެޝަންތައް ނަގާތާ ފަސްމަސް ވެއްޖެވެ. ސިލްވާ ތައުބާވިއެވެ. އެނުބާއި ވަބާއިން ނަފުސު ތާހަރު ކުރައްވާތޯ އަބަދާ އަބަދު ދުއާ ކުރިއެވެ. މިހާރު ސިލްވާ އިނީ ވިހަން ކައިރިވެފައެވެ. ވިސާހު ވިހެއުމައް ބޭނުން ވާ ތަކެތި ގަތުމާއި ތައްޔާރީ ތަކުގައި އަވަދިނެތިއުޅެއެވެ. ސިލްވާ ލިބުމުން އޭނާ އަށް ދުލިޠެގެ އެއްބައި ލިބުނު ކަހަލައެވެ. ދަރިއަކު ލިބުމުން މުޅި ދިރި އުޅުން ފުރުހަމަ ވާނެ ކަމަށް ވިސާހް ވިސްނިއެވެ. ސިލްވާ އާއި މެދު މުޖުތަމައުން ދެކޭނޭ ގޮތަކަށް ވިސާހް ނުވިސްނައެވެ.

ވިސާހް ވިސްނީ އޭނާ އެންމެ ލޯބިވާ ސިލްވާ އާއި އެކު ލޯބިން އުފާވެރި ދިރި އުޅިމެއް ހޯދުމަށެވެ. ވިސާހް ގެ ގިނަ ރައްޓެހިން ވެސް ބުނަމުން އައީ ޑުރަގް ގެ ވަބާގައި ޖެހިފައިވާ މީހަކު ރަގަނޅޫ ނުވާނޭ ކަމަށެވެ. މުޖުތަމައުންވެސް ދެކެމުން އައީ ހަމަ މިފަދައިންވެވެ. ނަމަވެސް ވިސާހް ހިތްވަރު ދޫކޮށެއް ނުލައެވެ. ވިސާހް އަށް ވުރެން ބޮޑަށް މިކަމުން ސަލާމަށް ވުމަށް މަސައްކަތް ކުރަމުން އައި ސިލްވާ އެވެ. ސިލްވާ އިންޓަނެޓުން ތަފާތު މައުލޫމާތު ހޯދިއެވެ. ތަޖުރިބާ ކާރުންގެ އެހީތެރިކަންވެސް ހޯދިއެވެ. ނަފުސު އެ ނުބައި ވަބާއިން ތާހިރު ކުރުމައްޓަކައި ދީނީ އިލްމު ވެރިންގެ އެހީތެރިކަން ވެސް ހޯދިއެވެ.

އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ސިލްވައަށް ހޭލެވުނީ ވަރަށް ބޮޑަ ބަޑުގައި ރިއްސާތީއެވެ. ސިލްވާ ވިހަން ކައިރިވެފައި ހުރުމުން ނިދާފައި އޮވެފައި ސިލްވާ ކިރިޔާ ހެލިލިއަސް ވިސާހް ފުންމައިގެން ތެދުވެއެވެ. ސިލްވާ އެދުގައި އިވެފައި ވިސާހްއާ ވިފާރާތައް ބަޑުގައި ހިފައިގެން ކުކުރަމުން ކަހަލަ ގޮތަކަށް އެބުރުނެވެ. ސިލްވާ ކުރާލި އަޑަށް ވިސާހް ފުންމައިގެން ތެދުވިއެވެ. ސިލްވާއަށް ބަލާލިއެވެ. އެސީ ޖައްސާފައި ހުރިއިރުވެސް މޫންން ވަނީ ދާހިއްލާފައެވެ. ސިލްވާއިން ވޭނީ ގޮތަކަށް ބަޑުގައި ހިފަހައްޓައިގެން އެދުގައި އިށީދެގެންނެވެ. ވިސާހް: ކިހިނެއްވީ...؟ ބަޑުގައި ރިއްސަނީތަ... ހިންގާ އަވަހަށް ހިސްޕިޓަލައްދާން.......! ހަސްވެފައި ހުރެ ހުރިހާ އެއްޗެއް އެއްފަހާރާ ކިޔާލިއެވެ.
ސިލްވާ.. ވޭނީގޮޔަކަށް އާނ.. ވަރަށް ބޮޑަށް އެބަރިއްސާ...

ވިސާހް ބޭރައް ނިކުމެ މަންމައަށް ގޮވިއެވެ. ސިލްވާ ބަޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދާން އުޅޭވާހަކަ ބުންޏެވެ. މަންމަ އަވަސް ވެގަތީ ހޮސްޕޓަލައް ގެންދަން ތައްޔާރުކޮށްފައި ހުރި ވަށިގަނޑު ނެރެ ސިޓިން ރޫމަށް ޖަމާނުރަންށެވެ. ވިސާހް އެމްބިއުލާންސައް ގުޅިއެވެ، އިސާހިތަކުން އެންބިއުލާސް އައެވެ. ހޮސްޕިޓަލައް ގެންގޮސް ސިލްވާ ވިއްސާ ކޮޓަރިއަށް ވަދާއިފިއެވެ. ވިސާހް ހާސް ވެގެން ވިއްސާ ކޮޓަރީގެ ބޭރުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ވާނޭ ގޮތަކާއި މެދު ވިސްނަނީއެވެ. ބައްޕައަކަށް ވާތީ ހިތުގައި އާދަޠަހިލާފު އުފާވެރިކަމެއް އުފެދިފައިވެއެވެ. ވިސާހް ގެ މަންމަވެސް ވިއްސާ ކޮޓަރީގެ ކައިރީގައި ހުރު ގޮޑިބަރީގައި އިށީދެލައިގެން މާމަ ދަރުފުޅު ދުށުމުގެ އިންތިޒާރުގައި އިނެވެ. ދެގަޑި އެއްހައިރުފަހުން ވިއްސާ ކޮޓަރީގެ ދޮރުހުޅުވާ ނަރުހަކު ސިލްވާގެ އެހީތެރިއާ ކޮބާތޯ އަހާލިއެވެ. އޭރު ނަރުސް ކުއްޖާގެ އަތުގައި ފިޔާތޮށިރަޖާއެއްގައި އޮޅަފައި ކުއްޖާ އޮތެވެ. ވާސިލް އާއި ވާސިހް މަންމަ ދުވެފައި ކަހަލަ ގޮތަކަށް ނަރުސް ކުއްޖާ ކައިރިއަށް އައެވެ.

ނަރުސް ކުއްޖ: ދެމައިންގެ ހާލުވެސް ރަގަނޅު.... މިހެން ބުނެފައި ވާސިހް ގެ އަތައް ކުއްޖާ ދިނެވެ. ވާސިލް ކުއްޖާ އުރާލުމައްފަހު ބަލާލިއެވެ. ވީއުފަލުން ވިސާހްގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އައެވެ. އުފަލުން ބުނެލިއެވެ.
ވިސާހް: މަންމާ ބަލާބަލަ ހަމަ ހީވަނީ ކުޑަ ކުޑަ ސިލްވާއެއް ހެން ދޯ...
މަންމަ: އާނ.. ވަރަށް ވައްތަރު.. މިހެން ބުނެފައި ވިސާހް އަތުން ބޭބީ އަތުލައިގެން ވިސާހް މަންމަ އުރަލިއެވެ.

ނަރުސްކުއްޖާ: ދެން ބޭބީ ދެއްވާ..! އިރުކޮޅަކުން މަންމަ އައީ ބޭބީ ވޯޑަށް ބަދަލުކުރާނެ..މިހެން ބުނުމުން ވިސާހްގެ މަންމަ ބޭބީ ދިނެވެ، އޭރު ގަޑިން ފަތިހު ހަރުގަނޑި ބައި ވީއެވެ. މަންމަ އާއި ވިސާހް ވިއްސާކޮޓަރިގެ ބޭރުގައި ސިލްވާ އައި ބޭބީ ނެރޭނެ ވަގުތެއްގެ އިންތިޒާރުގައި ތިއްބެވެ. މިސްކިތުން ބަންގީ ގޮވަން ފެށުމުން މަންމަ ނަމާދު ކުރުމަށް ހޮސްޕިޓަލުގެ ނަމާދުކުރާ ކޮޓަރިއަށް ދިޔައެވެ. ވިސާހް އިނީ މަންމަ ނާމާދުކޮށް ނިމިގެން އަންނަންދެވެ. އިރުކޮޅަކުން މަންމަ އައެވެ. އޭރުވެސް އަދި ސިލްވާ ވިއްސާ ކޮޓަރިން ނުނެރެއެވެ. މަންމަ އައުމުން ވިސާހް އަވަސް އަވަހަށް ނަމާދުކުރުމަށް ދިޔައެވެ.

ނަމާދުކޮށް ސާޖިދައިގައި އޮވެގެން ދެއްވި ބޮޑުނިއުމަތައް ޝުކުރުވެރި ވިއެވެ. އަދި ބާއްޖަވެރި ދިރިއުޅުމެއް މިންވަރު ކުރެއް ވުމަށައި މުޅިއުމުރުގައި ސިލްވާ އާއެކު ލެހެއްޓވަނަށް އެދި ދުއާކުރިއެވެ. އަދި ދަރުފުޅު ސާލިހު ރަގަނޅު ދަރިއެއްގެ ގޮތުގައި ބޮޑު ވުމުގެ ތައުފީގް މިންވަރު ކުރުމަށް އެދި ދުއާ ކުރިއެވެ. ނަމާދު ކޮށް އަވަދިވެގެން ވިސާހް އައި އިރު ސިލްވާ އާއީ ބޭބީ ވޯޑަށް ބަދަލުކުރުމަށް ވިއްސާ ކޮޓަރިން ނެރެނީއެވެ. ވީއުފަލުން ދުވެފައި އައިސް ސިލްވާގެ އަތުގައި ހިފައިލިއެވެ. އުފާވެރި ހިނިތުން ވުމަކާއެކު ސިލްވާގެ މޫނަށް ބަލާލިއެވެ.

މިހާރު ސިލްވާ އަކީ ޑްރަގުގެ ވާބާއިން ތާހިރުވެފައި ވާމީހެކެވެ. ސިލްވާ މުޖުތަމައު ބަލާގަންފަދަ މީހަކަ ވުމުގައި ވަރަށް ގޮނަ ފާރަތްތަކެއް ހިމެނެވެ. ރަގަނޅު ނުވާނެކަމަށް ބުނި އެކުވެރިންނަށް ވެސް މިހާރު ގަބޫލު ކުރެވިއްޖެއެވެ. ސިލްވާ އޭނަގެ ރައްޓެހިންނަށް ވެސް ދޭނަސޭހަތަކީ ކޮންމެ ކަމަކީވެސް ގަދަފަދަ އީންމާން ކަމާއިއެކު ކޮށްފިޔާ ކަމިޔާބު ވާނޭ ކަމެއްކަމެވެ. އަދި މިވަބާ ގައި ޖެހިފާއިވާ ރަހުމައްތެރިން އެކަމުން ސަލާމަށް ކޮއްދެވޭތޯ މިހާރު ސިލްވާ އަންނަނީ ކައުސެލާއެގެ ގޮތިގައި މަސައްކަތް ކުރަމުންނޭވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ.

ސިލްވާ އާއި ވިސާހް ވަރަށް އުފާވެރި ކަމާ އެކު ހަޔާތުގެ ދުވަސްތައް ގުނަން ދެއެވެ. ހުކުރު ދުވަހުގެ ހަވީރުގެ ވަގުތު ކަމުން ސިލްވާ އާއި ވިސާހް ތިބީ ދެކުދިން ގޮވައިގެން ޕާކުގައެވެ. ޕާކުތެރޭގައި ދުވެ ނަގަމުންދާ އެދެމީޙުންގެ ލޯބި ލޯބި ދެކުދިންނާއި ދިމާލަށް ބަލަން އެދެމީޙުން ތިބީ ވަރަށް އުފަލުންނެވެ. މިހާރު އެކައިވެންޏައް ދިހަ އަރު ވެއްޖެއެވެ. ސިލްވާ އަކި ދެކުދިންގެ މަންމަ އެކެވެ. މިހާރުގެ ޒުވާނުންނަށް ނަމޫނާއެކެވެ. ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތައަށް އަލުން ގެނެވޭތޯ ހިތްވާރާއެކު މަސްއްކަތްކުރާ ކައުންސިލާއެކެވެ. ކުށުގެ ވެށިން ނިކުމެ ޒިންމާދާރު ކަމާއެކު އާއިލާއެއް ބަލަހައްޓަމުންއަންނަ އަންބެކެވެ. ސިލްވާއަށް މިބަދަލު އައުމުގެ ސިއްރަކީ ވިސާހުގެ ލޯތްބެވެ.


-ނިމުނީ-

އެޑިޓަރުގެ ނޯޓް


މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔެ ހުށައެޅީ އާމިނަތު ޒުހުދާ ސެލްވިޔާ / ޏ ފުވައްމުލައް އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 16 ރަމަޟާން 1442 އެވެ.