ފޮޓޯ

ދުނިޔޭގެ އެކި ކަންކޮޅުން އިއްޔެ، އުފާވެރިކަމާއި ފަޅުކަމާއި ހިތްދަތިކަން

ނޮދާން އައިލެންޑްގެ ނިއުކާސަލް ކައިރީ ހުންނަ މޯރން ފަރުބަދަތަކުގައި ރޯވެފައިވާ އަލިފަނގަޑުތައް ނިންވާލުމަށް އަލިފާން ނިންވާ ޓީމުތަކުން ހަރަކާތްތެރިވަނީ.- ފޮޓޯ: ރޮއިޓަރސް
ކޯވިޑް ފެތުރުން ކޮންޓްރޯލް ވެފައިނުވާތީ ޖަރުމަނުގެ ގިނަ ސިޓީތައް އަދިވެސް ވަނީ ލޮކްޑައުންގައި.މީ ޖަރުމަނުގެ ހެމްބާރގެ ސިޓީގެ މަގުތައް ފެންނަ ގޮތް.- ފޮޓޯ: ރޮއިޓަރސް
ޖަރުމަނަށް އައިސްފައިވާ ބަހާރު މޫސުމުގައި ގަހެއްގެ ދަށުގައި އަންހެނަކު މަޑުކޮށްލައިގެން. ކޯވިޑްގެ މި ހާލަތުގައިވެސް މި މަންޒަރުތައް ބަލާލަން ބައެއް މީހުން ނުކުމޭ.- ފޮޓޯ: ރޮއިޓަރސް
ކޯވިޑް ފެތުރެމުން އަންނާތީ ބަލި މީހުން ވަކިން ބޭއްތިބުމަށް ބެންކޮކްގައި ހަދާފައިވާ އައިސޮލެޝަން ސެންޓަރެއް. ތައިލޭންޑްގައިވެސް ކޯވިޑް ބަލި އަދިވެސް އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުން.- ފޮޓޯ: ރޮއިޓަރސް
މަޣްރިބު ނަމާދަށްފަހު ޤުދުސްގެ އަލްބަލްދަތުލް ޤަދީމާގެ ބާބުލް ޢާމޫދު ކައިރިޔަށް އަންނަ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އިސްރާއީލު ސިފައިން ބާރުގެ ބޭނުންކުރުމުން މިހާތަނަށް 105 މީހުން ޒަޚަމްވެފައިވެ އޭގެ ތެރެއިން 20 މީހުން އިތުރު ފަރުވާއަށް ހަސްފަތާލުތަކުގައި ވަނީ އެޑްމިޓްކޮށްފައެވެ. ފަލަސްޠީނުގެ 44 މީހުން ޙައްޔަރުކޮށްފައިވާކަމަށް އިސްރާއީލުންވަނީ ބުނެފައެވެ.- ފޮޓޯ: ރޮއިޓަރސް
ސައުދީގެ ސިޓީއެއްކަމަށްވާ ތާއިފް. މި ސިޓީއަށް ނަންދެވިފައިވަނީ ފިނިފެންމަލުގެ ސިޓީގެ ގޮތުގައި. އަހަރެއްގެ މައްޗަށް 300 މިލިއަނަށް ވުރެ ގިނަ ފިނިފެންމާ މި ސިޓީގައި ފޮޅޭ. އަދި 800 ވުރެ ގިނަ ފިނިފެންމާ ދަނޑު މިސިޓީގައި އޮވޭ.- ފޮޓޯ: ރޮއިޓަރސް
ކޯވިޑްގެ ހާލަތު ގޯސްވެ އިންޑިއާގައިވަނީ ބަލި ކޮންޓްރޯލުން ނައްޓާފައި. އެތައް ބަޔަކު ހޮސްޕިޓަލްތަކަށް ނުގެންދެވި ބައެއް މީހުން މަގުތަކުގައިވެސް ބައެއް މީހުން ތިބެންވަނީ ޖެހިފައި.- ފޮޓޯ: ރޮއިޓަރސް
އިރާގަށް ނިސްބަތްވާ އާއިލާއެއް ރޯދަ ވީއްލުމަށް ތައްޔާރުވަނީ. ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިރާގުގެ ރައްޔިތުން ދަނީ ގިނަ ދަތިތަކެއް ތަހައްމަލުކުރަމުން.- ފޮޓޯ: ރޮއިޓަރސް
މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلمގެ މިސްކިތަށް ބޮކޮށް ވާރޭ ވެހެމުންދާއިރު މީހަކު ދުއާކުރުމުގައި. މީ މަދުން ނޫނީ ސައުދީގައި ނުފެންނަ މަންޒަރެއް.- ފޮޓޯ: ހަރަމައިން ޝަރީފައިން.
މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلمގެ މިސްކިތަށް ބޮކޮށް ވާރޭ ވެހެމުންދާއިރު މީހަކު ދުއާކުރުމުގައި. މީ މަދުން ނޫނީ ސައުދީގައި ނުފެންނަ މަންޒަރެއް.- ފޮޓޯ: ހަރަމައިން ޝަރީފައިން.
"އާތް ޑޭ " ފާހަގަކުރުމަށް އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން.- ފޮޓޯ: ރޮއިޓަރސް