ޚަބަރު

ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފަށައިފި


ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު މިމަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.

މި މަޝްރޫޢުގެ ދަށުން ވ.ފުލިދޫ ގިރާ ސަރަޙައްދުން 1.2 ހެކްޓަރުގެ ސަރަޙައްދަކަށް ވެލިއަޅާ ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 210 މީޓަރުގައި ގްރޯއިންސް ޖެހުމާއި 270 މީޓަރުގެ ބޭރު ތޮށިލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

16.94 މިލިއަން ރުފިޔާގެ މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.