އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފީނިކްސް ސަންސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް ސަންސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސަންސް ކާމިޔާބުކުރީ 116 ޕޮއިންޓް 113 ޕޮއިންޓުންނެވެ.
މިމެޗްގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 28 ޕޮއިންޓް ހޯދައިދީ 8 އެސިސްޓް ދިން ކްރިސް ޕޯލްއެވެ. އަދި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ޕޮއިންޓް ހޯދައިދީ 17 ރީބައުންޑް ނަގާދިން ޖޮއެލް އެމްބިޑްއެވެ.
މިމުބާރާތުގައި ޓޮރޮންޓޯ ރެޕްޓަރސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ. މިމެޗްގައި ރެޕްޓަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގައިދިން ޕަސްކަލް ސިއަކާމްއެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ކައިރީ އަރވިންގއެވެ. މީގެއިތުރުން ޔޫޓާ ޖޭޒް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 89 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ރުޑީ ގޮބަރޓްވަނީ 19 ޕޮއިންޓް ހޯދައިދީ 18 ރީބައުންޑް ނަގާފައެވެ. އަދި ރޮކެޓްސްގެ ޖޯން ވޯލްވަނީ 21 ޕޮއިންޓް ހޯދައިދީ 6 އެސިސްޓް ކޮށްފައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ލޮސް އެންޖަލިސް ކްލިޕަރސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 105 ޕޮއިންޓުން ކްލިޕަރސް ކާމިޔާބުކުރިއިރު ޑެންވަރ ނަގެޓްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މައޭމީ ހީޓް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 107 ޕޮއިންޓް 87 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު ޑެލަސް މެވްރިކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 127 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މީގެއިތުރުން ވޮޝިންގޓަން ވިޒަޑްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 114 ޕޮއިންޓުން ވިޒަޑްސް ކާމިޔާބުކުރިއިރު ނިއުޔޯކް ނިކްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 137 ޕޮއިންޓް 127 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. އިންޑިއާނާ ޕޭސަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލު ކުރިމެޗް 122 ޕޮއިންޓް 116 ޕޮއިންޓުން ޕޭސަރސް ކާމިޔާބުކުރިއިރު ކްލީވްލަންޑް ކެވެލިއަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ.