ކުޅިވަރު

ރެފްރީސް އާއި ކޯޗިން ކޮމިޝަންގެ އިންތިހާބް ހުކުރު ދުވަހު ބާއްވަނީ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރެފްރީސް އަދި ކޯޗިން ކޮމިޝަންގެ އިންތިހާބް މިއަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. ރެފްރީސް އަދި ކޯޗިން ކޮމިޝަންގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

ވީއޭއެމްއިން ގެޒެޓްކުރި އިޢުލާނެއްގައި ބުނެފައިވަނީ ރެފްރީސް އަދި ކޯޗިން ކޮމިޝަންއަށް ކުރިމަތިލަން ބޭނުންވާ ފަރާތްތަކުން މާދަމާގެ 12:00 ގެ ކުރިން ފޯމް ފުރުމަށް ފަހު ވީއޭއެމް އޮފީހަށް ހުށަހެޅުމަށް އެދޭކަމަށް އިޢުލާންގައި ބުނެފައިވެއެވެ. މި އިންތިޚާބުގައި ވޯޓުލާން ހަމަޖެހިފައިވާ ކޯޗުން ދާދިފަހުން ވީއޭއެމުންވަނީ ރީ ރަޖިސްޓްރީކޮށްފައެވެ. ވީއޭއެމްއިން ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައިވަނީ 38 ކޯޗުންނާއި 71 ރެފްރީންވަނީ ރަޖިސްޓްރީކޮށްފައެވެ. މިކޯޗުންނައި ރެފްރީންނަށް މިއިންތިހާބްގައި ވޯޓް ލެވޭނެއެވެ.

މިއިންތިހާބާގުޅޭ ޝަކުވާ ހުށައެޅުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ، މާދަމާގެ 12އިގެ ކުރިން، ލިއުމަކުން ވީއޭއެމަށް ހުށައެޅުމަށް، އެސޯސިއޭޝަނުން ގެޒެޓްކުރި އިޢުލާންގައި ބުނެފައިވެއެވެ. މިމަހުގެ 1ވަނަ ދުވަހު ބޭއްވިގެންދިޔަ ވީއޭއެމްގެ އިންތިޚާބުގައި އެސޯސިއޭޝަންގެ ރައީސަކަށް ހޮވިފައިވަނީ ގައުމީ ޓީމުގެ ކުރީގެ ސެޓަރު މުހައްމަދު ރަނޭޝްއެވެ.