ކުޅިވަރު

ކްލިޕަރސް އާއި ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް ކްލިޕަރސް ކާމިޔާބުކޮށްފި



އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް ކްލިޕަރސް ކާމިޔާބުކޮށްފިއެެވެ. މިމެޗް ކްލިޕަރސް ކާމިޔާބުކުރީ 124 ޕޮއިންޓް 105 ޕޮއިންޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކްލިޕަރސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ 7 ރީބައުންްޑް ނަގައިދިން ޕޯލް ޖޯޖްއެވެ. އަދި ޓިމްބަރވުލްވްސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދިން އެންތަނީ އެޑްވަޑްސްއެވެ.

މިމުބާރާތުގައި މައޭމީ ހީޓް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. މިމެޗްގައި ހީޓްގެ ބާމް އެޑެބަޔޯ ވަނީ 21 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގާފައެވެ. އަދި ނެޓްސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދިން ލެންޑްރީ ޝަމެޓްއެވެ. މީގެއިތުރުން ނިއުޔޯކް ނިކްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް އޯވަރޓައިމް އަށް ގޮސްގެން 122 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްގެ ޖޫލިއަސް ރެންޑްލް ވަނީ 33 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ. އަދި ޕެލިކަންސްގެ ޒިއޮން ވިލިއަމްސަންވަނީ 34 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އެޓްލާންޓާ ހޯކްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 117 ޕޮއިންޓުން ހޯކްސް ކާމިޔާބު ކުރިއިރު ޗާލޮޓް ހޯނެޓްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ. ސެކްރެެމެންޓޯ ކިންގްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 107 ޕޮއިންޓުން ކިންގްސް ކާމިޔާބުކުރިއިރު ޓޮރޮންޓޯ ރެޕްޓަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 112 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ.