ކުޅިވަރު

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން އާސެނަލް ޖާގަ ހޯދައިފި


ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން އާސެނަލް ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން އާސެނަލް ޖާގަހޯދީ ސްލަވިއާ ޕްރާގާއާއި ވާދަކޮށް 5 ލަނޑު 1 ލަނޑުގެ އެގްރިގޭޓަކުންނެވެ.

ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ސްލަވިއާ ޕްރާގާ ދެކޮޅަށް ކުޅެ އާސެނަލް ވަނީ 1 ލަނޑު 1 ލަނޑުން މެޗް އެއްވަރުކޮށްފައެވެ. ނަމަވެސް ރޭގައި ކުޅުނު މެޗް އާސެނަލް ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 0 ލަނޑުންނެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗް އެއްވަރުވެގެން ނިމުނުނަމަވެސް، ރަށުން ބޭރުގައި ޕްރާގާގެ ދަނޑުގައި އާސެނަލްއިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއިންވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. މިގޯލް އާސެނަލްއަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭ އާއި އަލެކްސަންޑަ ލަކަޒޭޓް އަދި ބުކާޔޯ ސަކާ. މެޗްގައި އާސެނަލްގެ ފަހު ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާސެނަލްގެ ކެޕްޓަން ލަކަޒޭޓް.

އާސެނަލުން ސެމީގައި ބައްދަލުކުރާނީ ވިޔަރެއާލްއާއެވެ. ވިޔަރެއާލްގެ މިހާރުގެ ކޯޗަކީ 2019ވަނަ އަހަރު ޔޫރޮޕަރ ލީގްގައި އާސެނަލް ގޮވައިގެން ނިކުތް އުނާއީ އެމްރީއެވެ. ވިޔަރެއާލް ސެމީންއިން ފުރުސަތު ހޯދީ ރޭ ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން 2 ލަނޑު 1ލަނޑުން މޮޅުވެ، އެގްރިގޭޓަށް ބަލާއިރު 3 ލަނޑު 1 ލަނޑުން ކުރި ހޯދައިގެންނެވެ. ވިޔަރެއާލްގެ ކޯޗް އުނާއީ އެމެރީ އަކީ ޔޫރޮޕާ ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. މިމުބާރާތުގެ ސެމީ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29ވަނަ ދުވަހާއި އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ.