ސިޔާސީ

" ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެ "


ސަރުކާރުން ބޭނުންވި
ކޮންމެ ކަމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލާއި އަދި އާންމު މެންބަރުންގެ
އެހީތެރިކަންދިނުމަށް، ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މެމްބަރުން އެއްބަސްވެވަޑައިގެންފައިވާކަމަށް އެޕާޓީން ބުނެފިއެވެ. 



ޕީޕީއެމްގެ
އޮފީހުގައި ރޭ ކުރިޔަށްދިޔަ އެޕާޓީގެ ކައުންސިލުގެ މިއަހަރުގެ ހަވަނަ
ބައްދަލުވުމުގައި ސަރުކާރަށް ހުރިހާ ގޮތަކުން އެހީތެރިކަން ދިނުމާ ބެހޭގޮތުންނާއި، މިހާރަށްވުރެ ޕާޓީގެ
ހަރަކާތްތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށް އެޕާޓީން ބުނެއެވެ. 

މީގެ
އިތުރުން މިހާރު ރައިސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ކުއްލި ޙާލަތު
ނިމުކަށް ގެންނެވުމާއެކު ޕީޕީއެމްގެ ހަތަރުވަނަ އަހަރީ ދުވަހުގެ ޙަރަކާތްތައް
ކުރިޔަށްގެންދިއުމަށް ކައުންސިލުގެ މެންބަރުން ނިންމަވައިފައިވާކަމަށްވެސް ޕީޕީއެމުން
ހާމަކުރިއެވެ. 

ޕީޕީއެމްގެ ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމެވެ.