ކުޅިވަރު

މެޗުން ބަލިވީ ރަގަނޅަށް ނުކުޅެވުމުން: ނަވަން ދެންޑަޕް


އޭއެފްސީ ކަޕްގެ ކޮލިފައިންގައި އިއްޔެ ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ތިންޕޫ ގޯލެއް ނުޖެހުނީ ނަސީބު އެހީ ނުވުމުން ނޫންކަމަށް އެޓީމުގެ ކޯޗު ނަވަން ދެންޑަޕް ބުނެފިއެވެ.

އީގަލްސް ފެނުނީ ފިޒިކަލީ ތިމްޕޫ އަށް ވުރެ ވަރުގަދަކޮށް ކަމަށާއި މިއީ ތިމްޕޫ އަށް އެ ޓީމުގެ ފެންވަރު ވަޒަންކޮށްލައި ކުރިއަށްދާން ލިބުނު ރަނގަޅު މެޗެއް ކަމަށް ދެންޑަޕް ގަބޫލުކުރެއެވެ.

"އަހަރެމެން ބޭނުންވީ ފުރަތަމަ ހާފު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ދެ ވަނަ ހާފުގައި ބޮޑަށް އެޓޭކިން އަށް ވިސްނަން. އަހަރެމެން މަސައްކަތްކުރީ ރަނގަޅު ފުޓްބޯޅަ ކުޅެން އަހަރެމެން ބޭނުންވި ވަރަށް ފުރުސަތު ތަނަވަސް ނުކުރެވުނު. އަަހަރެމެން މި ބަލި ގަބޫލުކުރަން. ދެން އަންނަ ސީޒަނުގައި ވަރުގަދަކޮށް އެނބުރި އަންނަން ބޭނުމީ," ދެންޑަޕް ބުންޏެވެ.

އިއްޔެ ކޮލިފައިން ފުރަތަމަ ބުރުގައި ނޭޕާލްގެ އާމީ ކްލަބް ވަނީ 5-1 އިން ސްރީލަންކާ ޕޮލިސް ބަލިކޮށްފައެވެ. ނޭޕާލްގެ އާމީ ކްލަބް ކޮލިފައިން ދެ ވަނަ ބުރުގައި ނުކުންނާނީ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށެވެ. ކޮލިފައިން ދެ ވަނަ ބުރުގައި އީގަލްސް އަންނަ ހަފްތާގެ ބުދަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. މިހާރު އޮތްގޮތުން އެ މެޗު ކުޅޭނީ ބަންގްލަދޭޝްގައެވެ.
ކޮލިފައިން ދެ ވަނަ ބުރުން މޮޅުވާ ދެ ޓީމު ޕްލޭއޮފްގައި ބައްދަލުކުރާނެއެވެ. ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕް ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެއެވެ.