ކުޅިވަރު

3 ރަށެއްގެ ދަނޑުގައި ސަބް ބޭސް އެޅުމަށް ބަޔަކާ ޙަވާލުކުރުން


ތިން ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ސަބް ބޭސް އެޅުމުގެ މަސައްކަތްކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފި. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރާ ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދޭ. މިގޮތުން ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ ލ. މާމެންދޫ ފުޓުބޯޅަ ދަނޑާއި، އައްޑޫސިޓީ މަރަދޫ ފުޓުބޯޅަ ދަނޑާއި، ފުވައްމުލައްސިޓީގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމުގެ މަސައްކަތްކުރުމަށް. ލ.މާމެންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ދެ ލައްކައަށް ވުރެއް ގިނަ ރުފިޔާއަށް.


އައްޑޫސިޓީ މަރަދޫ އާއި ފުވައްމުލައްސިޓީގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 29 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ. މި ދެ ދަނޑުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ދެ ލައްކައަށް ވުރެއް ގިނަ ރުފިޔާއަށް.