ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ
ސާފްތާހިރުކަމުގެ މިންގަނޑުތައް ބަޔާންކޮށްފައިވާ ޤަވާއިދުގެ ދަށުން ކާބޯތަތީގެ
ޚިދުމަތްދޭ ތަންތަން އަލުން ރެޖިސްޓްރީކުރުމަށް އަންނަ އަހަރުގެ ޖެނުއަރީ
ނަވާވީހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފިއެވެ.
އަލަށް ހަދާފައިވާ
މިޤަވާއިދުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދެމުންދާ ހުރިހާ ތަނެއް އަލުން
ރެޖިސްޓްރީކުރަންޖެހޭއިރު ރެޖިސްޓްރީކުރުމުގެ ކަންކަން ނިންމުމަށް ކުރިން
ކަނޑައަޅާފައިވާ އެންމެފަހު ތާރީޚަކީ މިދިޔަ
އޮކްޓޫބަރު މަހުގެ އޮނަތިރީސްވަނަ ދުވަހެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ
ރެޖިސްޓްރީކުރަން އޮތް މުއްދަތު އިތުރުކުރީ ކުރިން ކަނޑައަޅާފައިވާ މުއްދަތު
ހަމަވިއިރު ގިނަ އަދަދެއްގެ ފަރާތްތަކެއް
ރެޖިސްޓްރީނުކޮށް ތިބުމާއި، އަދި
އެމުއްދަތުގައި ރެޖިސްޓްރީކޮށް ނިންމުމަށް ގިނަ އަދަދެއްގެ ދަތިތަކެއް
ހުރިކަމުގެ ޝަކުވާތައް ލިބެމުންދާތީ އެފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމުގެ
ގޮތުންކަމަށެވެ.
އެހެންނަމަވެސް މިހާރުދީފައިވާ މުއްދަތުގައި ޤަވާޢިދުގައި
ވާގޮތަށް ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ޤަވާއިދުގައި ވާގޮތަށް
ބަންދު ކުރެވޭނެކަމަށްވެސް ހެލްތް ޕްރޮޓްކްޝަން އެޖެންސީން ބުނެއެވެ. ހަމަ އެހެންމެ
ބަންދުކުރެވޭ ތަންތަން ހުއްދައަކާއި ނުލާ ހިންގާފައިވާ މުއްދަތަށްބަލާ ޤަވާއިދުގައިވާގޮތުގެ މަތިން ފަސްހާސްރުފިޔާއާއި ދިހަހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ
ކުރެވޭނެކެމަށްވެސް އެ އެޖެންސީން މައުލޫމާތުދެއެވެ.