ކުޅިވަރު

ސެވިއްޔާ އަތުން އެޓްލެޓިކޯ ބަލިވެއްޖެ


ސްޕެނިޝް ލަލިގާގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ އެޓްލެޓިކޯ މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗް ސެވިއްޔާ ކާމިޔާބުކޮށްފިއެެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. މިމެޗްގެ 8 ވަނަ މިނެޓްގައި ސެވިއްޔާއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ލޫކަސް އޮކަމްޕޯ ފޮނުވާލި ޕެނަލްޓީ އެޓްލެޓިކޯގެ ކީޕަރު ޔާން އޮބްލެކްވަނީ ދިފާއުކޮށްފައެވެ. މިމެޗުގެ ހަމައެކަނި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ މާކޯސް އަކޫނާއެވެ. މިއީ ލަލީގާގައި މިސީޒަންގައި އެޓްލެޓިކޯ ބަލިވި 3 ވަނަ މެޗެވެ. މިމެޗްގައި އެޓްލެޓިކޯއިންވަނީ ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެޓީމުން އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބު ވާގޮތެއް ނުވިއެެވެ.

މިކާމިޔާބީއާއެކު ސެވިއްޔާ މިހާރު އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެެވެ. އަދި އެޓްލެޓިކޯއަށް މިނާކާމިޔާބީގެ ސަބަބުން ދެވަނަ އާއި ތިންވަނައިގާ އުޅޭ ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު އިތުރު ކުރުމަށް ލިބުނު ފުރަސަތު މިވަނީ ގެއްލިގެންގޮސްފައެވެ. އެޓްލެޓިކޯއަށް 29 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު ރެއާލް އޮތީ 29 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެެވެ. އަދި ބާރސާ މިހަފްތާގައި ރެއާލް ވަޔަޑޮލިޑްއާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ އެޓްލެޓިކޯއާ ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަ ވެގެންދާނެއެެވެ.