ޚަބަރު

ފިލްމީ ތަރި ޖުމައްޔިލްގެ މައްޗަށް ދަޢުވާކޮށްފި


ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މަޝްހޫރު ފިލްމީތަރި ޖުމައްޔިލް ނިމާލުގެ މައްޗަށް ދަޢުވާކޮށްފިއެވެ.

ފުލުހުން ތަޙްޤީޤުކުރުމަށްފަހު ދަޢުވާކުރަން ފޮނުވި މިމައްސާގައި ދަޢުވާކުރަން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ކްރިމިނަލްކޯޓަށް ފޮނުވާފައިވާކަންވަނީ ޔަޤީންކުރެވިފައެވެ.

ޖުމައްޔިލްގެ ދެބެންގެދެދަރި އަންހެން ކޮއްކޮއެއްކަމަށްބުނާ އަންހެންކުއްޖަކުވަނީ އޭނާގެ އުމުރުން 17 އަހަރުގައި ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ އޭނާއަށް ޖުމައްޔިލްގެ ފަރާތުން ކުރިމަތިވި ޖިންސީ އަނިޔާގެ ވާހަކަ ޓުވިޓަރގައި ހިއްސާކޮށް، އިންސާފު ހޯދުމަށް ހިތްވަރާއެކު މަސައްކަތްކުރާނެކަމަށް މީގެކުރިން ބުނެފައެވެ.

2016 ވަނަ އަހަރު ފަހުކޮޅު ފެންމަތިވި މިމައްސަލައިގެ ދައުވާގެ ކަންކަން އޮތީ ކިހިނެތްތޯއާއި މިކަމުގައި ޕީޖީ އޮފީހަށް ކުރެވިދާނެ ކަންކަން ބައްލަވައިދެއްވާނެކަމަށް ޕީޖީ ޝަމީމްވެސްވަނީ ކުރިން ވިދާޅުވެފައެވެ. ޕީޖީ އޮފީހުން ވަނީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށްބުނެ ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތުކޮށް ޕީޖީ އޮފީހަށް ފުލުހުން އޭރު ފޮނުވާފައިވާ މައްސަލަ ހެކި ނެތުމުން ދައުވާ ނުކުރަން އެއޮފީހުން އޭރު ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމައްސަލަ ރިވިއުކުރުމަށް ނިންމައި އެމަސައްކަތް ފަހުން ކުރަމުންދާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

އޭރު ޖުމައްޔިލްގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައާއި އޮރިޔާން ކާޑު ގެންގުޅުނު މައްސަލާގައި ދައުވާކުރަން ފުލުހުން ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.