ކުޅިވަރު

ރެޑްބުލް ވިނިންގ ފައިވް ތިނަދޫގެ ޗެމްޕިއަންކަން ރެޑްބުލް ފަހަކަށް


ރެޑްބުލް ވިނިންގ ފައިވް ތިނަދޫ ބައިގެ
ޗެމްޕިއަންކަން ރެޑްބުލް ފަހެއް ހޯދައިފި އެވެ. 44 ޓިމް ވާދަކުރި ތިނަދޫ ބައިގެ
ޗެމްޕިއަންކަން ރެޑްބުލް ފަހެއް ހޯދީ ފައިނަލުގައި ކަސްޕުކާސް އާއި ވާދަކޮށް 4-0 ން ކުރި ހޯދައިގެންނެވެ. ނޮކް އައުޓް އުސޫލުން ކުރިޔަށްދާ މި
މުބާރާތުގެ ފައިނަލްގައި ރެޑްބުލް ފައިވްގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަހުމަދު
ބިލާލް، މުއާޒް، އިބްރާހިމް ދީދީ އަދި އައްސަދް އަބްދުލް ލަތީފެވެ.



އިއްޔެ މި މުބާރާތުގެ ބޮޑު ބައި ކުޅެފައިވަނީ
ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައެވެ. ފައިނަލުގައި ކުޅުނު ރެޑްބުލް ފަހެއް އަދި
ކަސްޕުކާސްވެސް ވަނީ މާލޭގައި އޮންނަ ފައިނަލް ބުރަށް ދަތުރުކޮށްފަ އެވެ. ފައިނަލް
ބުރު ކުޅޭނީ އަންނަ މަހުގެ 11 އަދި 12ވަނަ ދުވަހު މާލޭގައެވެ.



މި މުބާރާތުގެ ކޮލިފިކޭޝަން ބުރު ވަނީ މާލެ، އައްޑޫ
ސިޓީ، ފުވައްމުލައް އަދި ހދ.ކުޅުދުއްފުށީގައިވެސް ކުރިޔަށްގެންގޮސްފައެވެ. މި
މަސްތެރޭގައި ޅ.ނައިފަރު، ގއ.ވިލިގިނލި، ބ.އޭދަފުށި އަދި ކ.ކާށިދޫގައިވެސް މި
މުބާރާތް ކުރިޔަށްދާނެއެވެ.



އަދި އެއަށްފަހު އޮންނަ ޤައުމީ ފައިނަލް ބުރުން
މޮޅުވާ ޓީމަކަށް އަންނަ އަހަރު ބްރެޒިލްގެ ސަންތޮސްއަށް ދިއުމުގެ ފުރުސަތު
ރެޑްބުލްއިން ދޭނެއެވެ.