ކުޅިވަރު

ސިކްސަރސް ވާދަކޮށް ނަގެޓްސް މެޗު ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ޑެންވަރ ނަގެޓްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް ނަގެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނަގެޓްސް ކާމިޔާބުކުރީ 104 ޕޮއިންޓް 95 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 27 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދިން މައިކަލް ޕޯޓަރ ޖޫނިއަރއެވެ. އަދި ސިކްސަރސް އަށް އެންމެ ރަނގަޅަށް ކުޅުނީ 13 ޕޮއިންޓް ހޯދާދިން ޓައިރީސް މެކްސީއެވެ.

މިމުބާރާތުގައި ޗާލޮޓް ހޯނެޓްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ. މިމެޗްގައި ހޯނެޓްސްއަށް އެންމެ ރަނގަޅަށް ކުޅުނީ 26 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދިން ގޯޑަން ހޭވަރޑްއެވެ. މިމެޗްގައި ވިޒަޑްސްގެ ރަސެލް ވެސްޓްވުޑް ވަނީ އެޓީމަށް 22 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާ 14 އެސިސްޓް ކޮށް ޓްރިޕަލް ބަޑަލްއެއް ހަދާފައެވެ. މީގެއިތުރުން ފީނިކްސް ސަންސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑިއާންޑްރޭ އައިޓަން ވަނީ އެޓީމަށް 13 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާފައެވެ. އަދި ހޯކްސްއަށް އެންމެ ރަނގަަޅު ކުޅުމެއް ދެއްކީ އެޓީމަށް 19 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދިން ޓްރެއި ޔަންގްއެވެ. އޯލާންޑޯ މެޖިކް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 103 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. މިމެޗްގައި މެޖިކްގެ ޗޫމާ އޮކެކޭވަނީ އެޓީމަށް 18 ޕޮއިންޓް ހޯދާދީފައެވެ. އަދި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދިން ކައުހީ ލިއޮނާރޑްއެވެ.