ޚަބަރު

ޕާކިސްތާނުގެ މާލީ ވަޒީރު މަޤާމުން ވަކިކޮށްފި


ޕާކިސްތާނުގެ މާލީ ވަޒީރު މަޤާމުން ވަކިކޮށް އެ މަޤާމަށް އައު ބޭފުޅަކު އައްޔަނުކޮށްފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އެގޮތަށް ނިންމެވީ އެ ޤައުމުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ އައިއެމްއެފުން ކުރިއަށް ގެންދާ 6 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢު އެއް އަހަރަށް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މާލީ ވަޒީރުގެ މަޤާމުގައި ހުންނެވި ޢަބްދުލް ޙަފީޒު ޝައިޚު މަޤާމުން ވަކިކުރުމަށް ބޮޑުވަޒީރު އިމްރާން ޚާން ނިންމެވީ ތަކެތީގެ އަގު އުފުލުން ހުއްޓުމަކަށް ގެނެސްދޭނެފަދަ އައު ސިޔާސަތުތަކެއް އެކުލަވާލުމަށް މަގުފަހިކުރުމަށްކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ. އޭނާއަކީ މީގެ 2.5 އަހަރު ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމާ އިމްރާން ޚާން ޙަވާލުވެވަޑައިގެންނެވިފަހުން މާލީ ވަޒީރުގެ މަޤާމުން ވަކިކުރި ދެވަނަ ބޭފުޅާއެވެ. އޭނާގެ ބަދަލުގައި އެ މަޤާމަށް ޢައްޔަނު ކުރީ ސިނާޢަތްތަކާއި އުފެއްދުންތެރިކަމާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ޙަންމާދު އަޒްހަރެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި އިންތިޚާބުގައި ވާދަކުރައްވައި ޤާނޫނުހަދާ މަޖިލީހުގައި އޭނާ ފުރުއްވައި ގޮނޑި ދިފާޢުކުރެއްވުމުގައި އަބްދުލް ހަފީޒު ޝައިޚުވަނީ ނާކާމިޔާބުވެވެޑައިގެންފައެވެ. އިންތިޚާބުގައި ނާކާމިޔާބުވި ނަމަވެސް ޖޫން މަހުގެ 10ވަނަ ދުވަހާ ހަމައަށް ވަޒީރުގެ މަޤާމުގައި އޭނާއަށް މަޤާމުގައި އޭނާއަށް ހުންނެވޭނެއެވެ.