ތިލަފުށީގައި ހުންނަ އެމްޓީސީސީ ބޯޓު ޔާޑުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވި މިބޯޓަކީ ދަގަނޑު ބޯޓެއް ކަމަށާއި، ބޯޓުގައި ރޯވީ ބޯޓުގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަލިފާނުގު މިހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު 02:07 ހާއިރު އެމްއެންޑީއެފަށް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ތިލަފުށީ ފަޔަރ ސްޓޭޝަނުން ހަރާކާތްތެރިވެ ރޯވެފައިވާ އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.