ޚަބަރު

ފަލަސްޠީނުގެ ޚާރިޖީ ވަޒީރުގެ ފާސް އިސްރާއީލުން އަތުލައިފި


ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާދު އަލްމާލިކީއަށް އިސްރާއީލުން ދީފައި އޮންނަ ފާސް އަތުލައިފިއެވެ. އެ ފާހަކީ ފަލަސްޠީނުގެ ބިންތަކުގައި ދަތުރުކުރުމުގެ ޙުއްދަ ދިނުމުގެ ގޮތުން އިސްރާއީލުން ދީފައި އޮންނަ ފާހެކެވެ.

ފަލަސްޠީނުން ބުނީ ނެދަލޭންޑްސްގެ ދަ ހޭގުގައި ހުންނަ އިންޓަނެޝަލަން ކްރިމިނަލް ކޯޓު އައިސީސީގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު އަލްމާލިކީ ހުޅަނގު އައްސޭރިއަށް އެނބުރި ވަޑައިގަތުމުން އޭނާއަށް އިސްރާއީލުން ދީފައި އޮންނަ ފާސް އަތުލާފައިވާކަމަށެވެ. އުރުދުންނާއި ހުޅަނގު އައްސޭރި ގުޅޭ ސަރަޙައްދީ ރޮނގުގައި އަލްމާލިކީގެ އަރިހުގައި ދަތުރުކުރި ބައެއް މީހުން ގިނަ އިރުތަކެއް ވަންދެން ހިފަހައްޓައި ސުވާލުކޮށްފައިވާކަމަށްވެސް ފަލަސްޠީނުން ބުނެއެވެ.

ފަލަސްޠީނުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް އައިސީސީން ބަލަމުންދާކަން އެ ކޯޓުންވަނީ ފަލަސްޠީނަށާއި އިސްރާއީލަށް އަންގައިފައެވެ.