ހއ. ފިއްލަދޫ ފަޅުތެރެއިން 25 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެއެވެ.
ހއ. ފިއްލަދޫ ކައުންސިލުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ މިއަދު 11 ޖަހާކަންހާއިރު އެރަށު ދޯންޏަކަށްކަމަށެވެ. އަދި އެތަކެތި ބަންދުކޮށްފައި ހުރީ 500 ގްރާމްގެ 50 ޕެކެޓުގައިކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.
ފިއްލަދޫ ކައުންސިލުން ބުނީ ފެނުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.