ކުޅިވަރު

ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ސެކްރެމެންޓޯ ކިންގްސްގެ މެޗް ސިކްސަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރި މެޗް ސިކްސަރސް ކާމިޔާބުކޮށްފިއެެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 129 ޕޮއިންޓް 105 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 29 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 8 އެސިސްޓް ދިން ޓޯބިއަސް ހެރިސްއެވެ. އަދި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދިން ބަޑީ ހީލްޑްއެވެ.

މިމުބާރާތުގައި އެޓްލާންޓާ ހޯކްސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 99 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. މިމެޗްގައި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ 16 ރީބައުންޑް ނެގި ޖޯން ކޮލިންސްއެވެ. އަދި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނެގި މޮންޓްރެޒުލް ހެރެލްއެވެ. މީގެއިތުރުން މެމްފިސް ގްރިޒްލީސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. މިމެޗްގައި ގްރިޒްލީސްގެ ޖޯނަސް ވެލެންސިއުނާސްވަނީ އެޓީމަށް 19 ޕޮއިންޓް ހޯދާދީ 15 ރީބައުންޑް ނަގާފައެވެ. އަދި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދާދިން ޖޯޑަން ޕޫލްއެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ސެން އެންޓީނިއޯ ސްޕަރސް ބައްދަލުކުރި މެޗް 120 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ.