ކުޅިވަރު

އޯލް ސްޓަރއާއި ޔޫތް ސްޕޯރޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފި


ތިންވަނަ ޤައުމީ ހޭންޑްބޯލް
މުބާރާތުގެ ފިރިހެންބައިގެ ޗެންޕިއަންކަން ކުލަބް އޯލް ސްޓާރ އަދި އަންހެންބައިގެ
ޗެންޕިއަންކަން ޔޫތް ސްޕޯޓްސް ކުލަބް ހޯދައިފިއެވެ. މިމުބާރާތުގެ ފިރިހެންބައިގެ
ޗެންޕިއަންކަން ކުލަބް އޯލް ސްޓާރ ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ޕޮލިސް ކުލަބް
ބަލިކޮށްގެންނެވެ.

 މިމުބާރާތުގެ ފިރިހެން ބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ
ޕޮލިސް ކުލަބްގެ ހުސެއިން އަޒްހާމް، އިސްމާޢީލް އަހުމަދު، މުހައްމަދު އަސްލަމް،
ކުލަބް އޯލް ސްޓާރގެ ނާއިލް އަލީ، އަހުމަދު ރަޒުނީ، މުހައްމަދު ފިރުނާޝް އަދި
ރިޝްވާން ރަޝީދުއެވެ. 

މިމުބާރާތުގެ އަންހެން ބައިގެ ޗެންޕިއަންކަން ޔޫތް ސްޕޯޓްސް
ކުލަބް ހޯދީ ފައިނަލްގައި ޓީރެކްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަންހެންބައިގެ
އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޓީރެކްސްގެ ނާހިދާ އަހުމަދު، ފާތިމަތު
ފައިރޫޒާ، ޒުލައިޚާ އިބްރާހީމް، ނަޝްފާ އާމިރާ، ޔޫތް ސްޕޯޓްސް ކުލަބްގެ އައިޝަތު
ރީމާ، ޝިޒްނާ ރަޝީދު އަދި ފާތިމަތު ރިޝްމާއެވެ.