ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާއި މިއަދު ހަވީރު ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސް ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ ވާރޗުއަލްކޮށްކަމަށެވެ. މިނިއުސްކޮންފަރެންސް އޮންނާނީ މިއަދު ހަވީރު 16:00 ޖަހާއިރުއެވެ. ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ.

މިސަރުކާރުން ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިސަރުކާރުން ދެއްވާނެކަމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.