ވިޔަފާރި

ޖަރުމަން މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީން ފެމިލިއަރައިޒޭޝަން ޓްރިޕެއް


ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ޖަރުމަނުވިލާތުގެ ނޫސްވެރިޔެއްކަމަށްވާ ޖާގަން ވެންޒަލް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

މިއީ ވިޒިޓް މޯލްޑިވްސްއިން ޖަރުމަނު މާރކެޓަށް މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ފުރުތަމަ ފެމިލިއަރައިޒޭޝަން ޓްރިޕްއެވެ.

މިދަތުރުގައި ޖާގަން ވެންޒަލް ހުރުމަށް ހަމަޖެހިފައިވަނީ ފެއާމޮންޓް ސިއްރު ފެންފުށި އަދި ސީސައިޑް ފިނޮޅުގައެވެ. މިދަތުރުގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ލައިފްސްޓައިލް، ވެލްނަސް، ކަލިނަރީ އަދި އެހެނަސް ކުރެވޭނެ ތަޖުރިބާތަކުގެ ލިޔުންތައް ލިޔެ، ޝާއިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުންތައް ނެރެވޭ މީޑިއާ ތަކުގެ ތެރޭގައި ޖަރުމަނުވިލާތުގެ އެންމެ ވަރުގަދަ އެއްނޫސް ކަމަށްވާ 'ބަރލިނަރ ޒައިޓަންގް، ލައިފްސްޓައިލް އަދި ކަލިނަރީ މަޖައްލާ އެއްކަމަށްވާ 'މެއިޓްގެ މެގަޒިން' އަދި އޮންލައިން ބްލޮގެއް ކަމަށްވާ ގޯމިނޯ އެކްސްޕްރެސް' ހިމެނެއެވެ. އެހެންކަމުން ޖަރުމަނުވިލާތުގެ 350000 މީހުނާއި ހަމައަށް ދިވެހިރާއްޖޭގެ މިތަޖުރިބާތަށް ފޯރާނެ ކަމަށް ލަފާކުރެވޭކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ޖަރުމަނު ވިލާތުން ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔައަހަރު ޖަރުމަނު ވިލާތުން 36435 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔައަހަރު ދިވެހިރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޖަރުމަންވިލާތުންނެވެ. އަދި މިއަހަރުގެ ޖަނަވަރީ މަހުގައި 3390 ފަތުރުވެރިން ވަނީ އެޤައުމުން ޒިޔާރަތްކޮށްފައެވެ.