ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ ނާއިބް ރައީސަށް ތުހުމަތުކުރެވޭ މައްސަލައެއް އޭސީސީއަށް


އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ޙަބީބާއި ގުޅުންހުރި މައްސަލައެއް ކޮމިޝަނަށް މިއަދު ހުށަހެޅިފައިވާކަމަށެވެ. އަދި މައްސަލަ އޮންނަ ޕްރޮސަސްގެ ތެރެއިން ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޙަބީބާ ގުޅޭގޮތުން މިއަދު ސޯޝަލް މީޑިޔާގައިވަނީ ހައްޖު އެންޑް އުމްރާ ގްރޫޕެއްގެ ފޮތްތަކެއް ކޮމިޝަނުގެ ވަސީލަތްތައް ބޭނުންކޮށްގެން ޕްރިންޓް ކުރުމަށްބުނެ ފޮޓޯތަކެއް ދައުރުކޮށްފައެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސްކަމަށް ހަބީބު އައްޔަން ކޮށްފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ އަހުމަދު އަކުރަމް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ހަބީބަކީ އިލެކްޝަން ކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.