ކުޅިވަރު

ލޭކަރސް އާއި ވޮރިއަރސް މެޗް ލޭކަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ލޮސް އެންޖަލިސް ލޭކަރސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ 117 ޕޮއިންޓް 91 ޕޮއިންޓުންނެވެ.

ވާދަވެރިކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދިން ލެބްރޮން ޖޭމްސްއެވެ. އަދި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް އެޓީމަށް ހޯދައިދިން ސްޓެފަން ކަރީއެވެ.
މިމުބާރާތުގައި ވިލްވައުކީ ބަކްސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 105 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދިން ޖިއާނިސް އެންޓެޓޮކޮއުންޕޯއެވެ. އަދި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނެގި ކައުހީ ލިއޮނާޑްއެވެ. މީގެއިތުރުުން ފީނިކްސް ސަންސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑެވިން ބޫކަރވަނީ އެޓީމަށް 43 ޕޮއިންޓް ހޯދައިދީފައެވެ. އަދި ޓިމްބަރވުލްވްސްގެ ކަރލް އެންތޮނީ ޓައުންސްވަނީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައި ޗާލޮޓް ހޯނެޓްސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 127 ޕޮއިންޓް 126 ޕޮއިންޓުން ހޯނެޓްސް ކާމިޔާބުކުރިއިރު މެމްފިސް ގްރިޒްލީސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 133 ޕޮއިންޓް 84 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ.