ޚަބަރު

ހުޅުމާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެ


ހުޅުމާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ. ހުޅުމާލެ ވައިޓް ބީޗް ކައިރީ ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

ރޭ މެންދަމު 2.43 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި މިގުދަނުގައި ހުރީ އިންޖީނާއި އޭގެ ސާމާނު ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.